ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިއެޖެންސީ މެދުވެރިވެގެން ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދޭ ބައެއް ފަރާތްތަކަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބެންނެތުމުގެ ސަބަބުން ބަލިމީހުންނަށް އެމީހުންގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބައެއްކަހަލަ ދަތިތައް ދިމާވަމުންދާތީ، މިފަދަ މީހުންނަށް ބޭނުންވާ ބޭސް 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރުން މިއެޖެންސީއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި ބަޔާންކުރެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.
ތަފުޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
22 އޮކްޓޯބަރ 2017 |
އާދިއްތަ |
09:00 |
އަންދާސީހިސާބު ހުށަހެޅުން |
26 އޮކްޓޯބަރ 2017 |
ބުރާސްފަތި |
09:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]