ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 222-AH/INDIV/2017/25
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 24 އޮކްޓޫބަރު 2017 13:50
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ކިއުރޭޓަރ

މަޤާމް :ކިއުރޭޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓްގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

ކިއުރޭޓަރ

މަޤާމްގެ ނަމްބަރު:

J-211752

ބޭނުންވާ އަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން/ ޔުނިޓް:

ނެޝަނަލް މިއުޒިއަމް / އިންޓަރޕްރިޓޭޝަން އެންޑް ކަލެކްޝަން  

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ، މާލެ

މުސާރަ:

މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ރަސްމީ މަސައްކަތު ގަޑި:

10:00 އިން 16:00 އަށް

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މި މަޤާމަށް އެއްވެސް އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ދޭން ނިންމަވައިފިނަމަ އެފަދަ އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ދާރުލްއާސާރުގައި މިހާރު ހުރި ތަކެއްޗާއި  އަލަށް  ލިބޭ  ތަކެތީގެ  ފުރިހަމަ  ކެޓެލޮގެއް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. އެގްޒިބިޓް ކުރެވިފައި  ހުންނަ  ތަކެއްޗާއި  ސްޓޯރޭޖްތަކުގައި ހުރި ތަކެތީގެ  ލޮކޭޝަން އެނގޭގޮތަށް ލިޔެ ބެލެހެއްޓުމާއި އެގްޒިބިޝަން ތީމް އަދި ޑިޒައިން  ކަމާގުޅޭ  ފަރާތްތަކާ މަޝްވަރާކޮށް ކަނޑައަޅައި އެ މަސައްކަތްކޮށް ނިންމުން.
  3. ދާރުލްއާސާރުގެ ކަލެކްޝަން އިތުރުކުރުމަށްޓަކައި  ކަމާގުޅޭ  ފަރާތްތަކާއި  މަޝްވަރާކޮށް އިތުރު ކަލެކްޝަން މިއުޒިއަމްގައި  ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން  އަދި  އާސާރީ ތާރީޚީ ތަކެތީގެ ރެޕްލިކާ ހޯދުމަށް ސްޕެސިފިކޭޝަން ކަނޑައަޅައި އެފަދަ ތަކެތި  ހޯދުމުގެ މަސައްކަތްކުރުން.
  4. ދާރުލްއާސާރުގައި މިހާރު ހުރި ހުރިހާ ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފޮޓޯ ނަގައި  ފޮޓޯ އިންވެންޓްރީ ބެލެހެއްޓުން.
  5. އޮބްޖެކްޓް ޑޭޓާބޭސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި ތަކެތީގެ މަޢުލޫމާތާއި ފޮޓޯ ހިމަނަމުން ގެންދިޔުން.
  6. މިއުޒިއަމްގައި ޑިސްޕްލޭ ކުރެވިފައިވާ ތަކެތީގެ މަޢުލޫމާތު ބެހެއްޓިފަ ވޭތޯ  ބެލުމާއި، އެ ލިޔުންތައް ފުރިހަމަކުރުމާއި، ލިޔުންތައް ބަހައްޓަން ޖެހޭ ތަން ތަނުގެ ލިޔުންތައް  އާކޮށް ލިޔުންތައް ބެހެއްޓުމުގެ ކަންކަން ބެލުން.
  7. ޓާގެޓް ކަނޑައަޅާ  މުއްދަތަށް  އެޕްރައިޒަލް ނިންމާ ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުން ސްޕަވައިޒްކުރުން.
  8. ދާރުލްއާސާރުގެ ކަލެކްޝަން ތަރައްޤީ ކުރުމާ އެކި އެކި މަރާމާތުތައް ކުރުމަށް  ބޭނުންވާ ޕްރޮޖެކްޓްތަކާއި، އެސްޓިމޭޓްތައް ހެދުން.
  9. މިއުޒިއަމް ކަލެކްޝަން ޕޮލިސީސް، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ތައްޔާރު ކުރުން.
  10. މިއުޒިއަމް ކަލެކްޝަން އަތުރާފަ ބަހައްޓާނެ ގޮތުގެ ޕްލޭން ހެދުމާއި ކަލެކްޝަން ފުރިހަމަ ކުރުމަށް ހޯދަން ޖެހޭ ބާވަތްތައް ފާހަގަކުރަމުން ގެން ދިޔުން.
  11. މިއުޒިއަމްގެ ދާއިރާއަށް މީހުން  ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު  ޕްރޮގްރާމްތައް  ރާވާ ހިންގައި ތަފާތު  ވަސީލަތްތަކުގެ  އެހީގައި  މަޢުލޫމާތު  ފޯރުކޮށްދިނުމަށް  އަމަލީގޮތުން ހަރަކާތްތެރިވުމާއި ދާރުލްއާސާރަށް ވަޑައިގަންނަވާ ޚާއްޞަ  މެހްމާނުންނަށް  މައުލޫމާތު ދިނުން.
  12. ދާރުލްއާސާރަށް  އެހީގެ ގޮތުގައި  މިއުޒިއަމަށް  ލިބޭ  ތަކެތި  ބަލައިގަނެ  އެތަކެތި ރަޖިސްޓަރީގައި ހިމެނުން.
  13. ދާރުލްއާސާރަށް ކަންކަމަށް އެދި ހުށަހަޅާ  ހުށަހެޅުންތަކަށް  ވެރިންގެ  މަޝްވަރާ ހޯދާ ޖަވާބުދިނުން.
  14. އަމިއްލަ  ފަރާތްތަކުން  އިސްނަގައިގެން  އުފައްދަން  ބޭނުންވާ  އަދި   ސަރަޙައްދީ ދާރުލްއާސާރުތަކުގައި ކަލެކްޝަން މެނޭޖްކުރުމާއި ޑޭޓާބޭސް ބަލަހައްޓާނެގޮތުގެ މަޢުލޫމާތު ދިނުމުގައި އެހީތެރިވެދިނުން.
  15. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި  އެހީތެރިވުމާއި،  އެހިނދަކަށް އެހީތެރިކަމަށް  ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމްގެ ޝަރުޠުތައް:

 

1. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި)  4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި)   2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

4. މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: މިއުޒިއޮލޮޖީ، ކިއުރޭޓަލް ސްޓަޑީސް، މިއުޒިއަމް މެނޭޖްމަންޓް، ކަލެކްޝަން މެނޭޖްމަންޓް، މިއުޒިއަމް ސްޓަޑީސް، މިއުޒިއަމް ކޮމިއުނިކޭޝަން، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓްރީ، ކަލްޗަރ، ދިވެހިބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން، އާޓިފެކްޓް ސްޓަޑީސް، މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން.

ގުޅުންހުރި އެހެން ދާއިރާތައް: ހެރިޓޭޖް މެނޭޖްމަންޓް، ސޯޝިއޮލޮޖީ، ކަލްޗަރަލް ސްޓަޑީޒް، ޓުއަރ ގައިޑް، ސައިންސް، ޓީޗިންގ، ކެމިސްޓްރީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުސޫލާއި އެއްގޮތަށް ތިރީގައި މިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ. އަދި މިކަންކަން އިންޓަރވިއު އާއި ޕްރެކްޓިކަލް އިން ސާބިތުކޮށްދޭންވާނެއެވެ.

  •  މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތް ބަޔާންކޮށްފައި).

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.heritage.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017  އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 13:50 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.   އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  2017 އޮކްޓޫބަރު 30 އާއި 2017 ނޮވެންބަރު 6 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަގާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތާރީޚާއި ގަޑި އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 އޮކްޓޫބަރު 2017