ދިވެހިރާއްޖެ
ނަންބަރު: (IUL)297/INDIV/2017/65
އިޢުލާން
v ކުލީ ބިން ދޫކުރުމާއިބެހޭ
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަލިބިފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މިބިންތައް ބިޑު އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ތާރިޚާއި ގަޑީގައި މައުލޫމާތު ސާފުކުރައްވާ އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.
v ބިންތަކާ ބެހޭ މައުލޫމާތު
- ރަށުގެ އިރުމަތިފަރާތު ބަނދަރުގެ އުތުރުކޮޅުން ތެޔޮ / ޕެޓްރޯލް ސްޓޭޝަން ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 2255 އަކަފޫޓްގެ ބިން
 - ޑައިވިންގ ސްކޫލް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 2880 އަކަފޫޓް ބިން ( ފެމޯރާ އާދަމް ޔޫސުފް ގޯތީގެ ދެކުނުން )
 - ގުދަން / ގަރާޖް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1200 އަކަފޫޓްގެ 9 ބިން ( މަލަކާ އަހުމަދު ހުސެއިން ގެއާދިމާ އުތުރުން)
 - އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1122 އަކަފޫޓްގެ ބިން ( މުތްތޮށިގެ ރުގިއްޔާ މުހައްމަދުފުޅު ގޯތީގެ އުތުރުން )
 - ސައިހޮޓާ / ރެސްޓޯރަންޓް / ކެފޭ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 692 އަކަފޫޓް ބިން ( މުގުރިގެ އާމިނަތު އަލި މަނިކު ގޯތީގެ އިރުން )
 - އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1477 އަކަފޫޓް ބިން ( މިސްކިތް މަގު ހުޅަނގުކޮޅު )
 
| 
 މައުލޫމާތު ދިނުން  | 
 19 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހު 11:30  | 
| 
 ބިމަށް އެދި ހުށަހެޅުން  | 
 26 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހު 11:30  | 
22 މުޙައްރަމް 1439
12 އޮކްޓޯބަރ 2017
އަޙްމަދު ޖަޢުފަރު
ކައުންސިލްގެ ނާއިބް ރައީސް