ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS7/138/2017/82
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 19 އޮކްޓޫބަރު 2017 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ގއ. ވިލިނގިލި ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރުން

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ގއ. ވިލިނގިލި ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރުން

 

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ގއ. ވިލިނގިލި ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށް ޝަރުޠުހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ގއ. ވިލިނގިލީގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި ބެހެއްޓިފައި ހުންނާނެއެވެ.     

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެފަރާތެއްގެ އަދި އެފަރާތެއްގެ މައިންބަފައިންގެ އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯތިގެދޮރާ ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ހައުސިންގ ޔުނިޓަށް ހޮވިއްޖެނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ހައުސިންގ ޔުނިޓް ކަމުގައި ދެންނެވީމެވެ.

 

                             22 މުޙައްރަމް  1439ހ.

                             12 އޮކްޓޫބަރު  2017މ.

12 އޮކްޓޫބަރު 2017