ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރު:H-2017/154
ކުރެހުމާއި ބީ.އޯ.ކިއު ހަދާދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ އދ. އޮމަދޫ އިންޖީނުގެ މިހާރު ހުރި ތަން ބަދަލު ކުރުމަށްޓަކައި އައު އިންޖީނުގެއަކާއި، ވަށާފާރު އަދި ތެޔޮ ތާންގީތަކުގެ ތަފްސީލް ކުރެހުންތަކާއި ބީ.އޯ،ކިއު، މި އޮފީހުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 17 އޮކްޓޯބަރ 2017 (އަންގާރަަ) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުޞީލް:
އަގަށް: 70 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70
މުއްދަތު:20 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20
ތަޖުރިބާ: 10 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2017/154
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޮކްޓޯބަރ 24 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޯބަރ 24 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
22 މުޚައްރަމް 1439
ނޯޓް:
- މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
10-12-2017