ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީޖަލުގެ އިމަރޖެންސީ މެޑިކަލް ޕޯސްޓް އަދި ކްރައިސިސް ކެއަރ ހޭންޑްލިން ޔުނިޓްގެ ގްރައުޑް ފްލޯރ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ:- (IUL)167-PR/167/2017/19ވަނަ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ އެންމެ ފަރާތަކުންކަމަށްވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
19 އޮކްޓޯބަރ 2017 |
ބުރާސްފަރި |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
23 އޮކްޓޯބަރ 2017 |
ހޯމަ |
11:00 |
22 މުޙައްރަމް 1438
12 އޮކްޓޯބަރ 2017