ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2017/69
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 25 އޮކްޓޫބަރު 2017 09:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރި/ކުކުޅު ގެންގުޅުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރުން

މިއިދާރާގެ ނަމްބަރ: (IUL)416-ESMED/416/2017/60 (20 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

 

ބަކަރި/ކުކުޅު ގެންގުޅުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރުން

 

ބަކަރި، ކުކުޅުހާ ގެންގުޅުމަށް ރަށުގެ އުތުރު ފަރާތު ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އުތުރުން ހުއްދަ ލިބިފައިވާ 01 ބިން (5000 އަކަފޫޓްގެ 01 ބިން) ވިޔަފާރި އުސޫލް އިން 10 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލް އިން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ބުދަ

18 އޮކްޓޯބަރ 2017

މަޢުލޫމާތު ސާފުކުރުން

09:00

ބުދަ

25 އޮކްޓޯބަރ 2017

ބީލަން ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 އޮކްޓޫބަރު 2017