ދިވެހިރާއްޖެ
އިޢުލާން ބާތިލްކުރުން
ނަންބަރު:MMS-A/2017/27
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، މިސަރވިސްގެ ވެދަރ ސްޓޫޑިއޯ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއި ބެހޭ މަޢުލޫމާތު ހަރުދަނާ ކުރުމުގެ ގޮތުން، މިސަރވިސްގެ ވެދަރ ސްޓޫޑިއޯއަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 18 ސެޕްޓެމްބަރ 2017 ވަނަ ދުވަހު ކުރެވުނު ނަންބަރު MMS-A/2017/25 ގެ އިޢުލާނު ބާތިލްކޮށް 08 އޮކްޓޫބަރ 2017 ވީ އާދިއްތަ ދުވަހު އަލުން އިޢުލާނު ކޮށްފައިވީ ނަމަވެސް، MMS-A/2017/25 ނަންބަރު އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަން ތަކުގައި އިތުރަށް ސާފުކޮށް ބަލަންޖެހޭ މައުލޫމާތުތަކެއް ހުރުމާއެކު، 08 އޮކްޓޫބަރ 2017 ވީ އާދިއްތަ ދުވަހު ކޮށްފައިވާ ނަންބަރު MMS-A/2017/26އިޢުލާން ބާތިލުކުރަމެވެ.
11 އޮކްޓޫބަރ 2017