ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)355-ESMS/INDIV/2017/28
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 22 އޮކްޓޫބަރު 2017 14:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާގުޅޭ

އިޢުލާނު

 

ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާގުޅޭ

 

      މިސްކިތު އިމާމުން މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ސަލާމް ބުނުން އަދި ޢާއިލީ ޒިންމާ ޗުއްޓީއާއި، އަހަރީ ޗުއްޓީ ނެގުމުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި،

 ވޭޖް އުސޫލުން މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

ބޭނުންވާ އަދަދު

އިމާމް /މުދިމް – 10

މަސައްކަތު – 10

 

މުސާރައާއި، އުޖޫރަ :

އިމާމް ކޮންމެ ނަމާދު ވަގުތަކަށް 56.00 (ފަންސާސް ހަރުފިޔާ(

މުދިމް ކޮންމެ ނަމާދު ވަގުތަކަށް  48.00 (ސާޅީސް އަށްރުފިޔާ(

މިސްކިތު މަސައްކަތު މުވައްޒަފުންނަށް މަސައްކަތްކުރާ ގަޑިއަކަށް 40.00 (ސާޅީސް ރުފިޔާ(

 

ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލްގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ:

ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ      

 

މިކަމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 22  އޮކްޓޯބަރ 2017 ވާ  އާދީއްތަ  ދުވަހުގެ 14:00 ގެ  ކުރިން  ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

21 މުހައްރަމް 1439

11 އޮކްޓޯބަރު 201

11 އޮކްޓޫބަރު 2017