މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/323
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 15 އޮކްޓޫބަރު 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓޭޝަނަރީ ވައުޗަރ ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

2018 ވަނަ އަހަރަށް ސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ޕްރިންޓް ކުރުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2017/318) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތް ތަކުގެ ތެރެއިން 3 ފަރާތް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 ށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި އެވަނީއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރު ފޯނާއެވެ.

11 އޮކްޓޫބަރު 2017