ދިވެހިރާއްޖެ
`
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ Secretariat of Th.Thimarafushi Council
ތ.ތިމަރަފުށި، ދިވެހިރާއްޖެ Th.Thimarafushi
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ތިމަރަފުށީ ކައުންސިލްގެ އިދާރާ މަރާމާތުކުރުން
މިއިދާރާގައި ކުރަންހުރި މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
11 އޮކްޓޯބަރ 2017
އިސްމާއީލް އިބްރާހީމް
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ ރައީސް