ކުއްޔަށް ދިނުން
ނަންބަރު: (IUL)400/INDIV/2017/36
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 22 އޮކްޓޫބަރު 2017 00:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ:

އިއުލާން

 

ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ:

                    02 އޮކްޓޯބަރު 2017 ވަނަ ދުވަހު، ހައްދުންމަތީ މާވަށު ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމުން (ނަންބަރު: 400/2017/T3-20) ނިންމާފައިވާ އުސޫލުތަކާއި އެއްގޮތަށް، ވިޔަފާރި ކުރުމަށްޓަކައި ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

                    ވީމާ، ވިޔަފާރި ކުރުމަށްޓަކައި، ބިން ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން، 22 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މާވަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                    މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.

10 އޮކްޓޫބަރު 2017