މަސައްކަތް
ނަންބަރު: (IUL)355-ESMS/INDIV/2017/25
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 22 އޮކްޓޫބަރު 2017 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުއެކުވެނީ ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 15 އޮކްޓޫބަރު 2017 08:30 ގައި ބާތިލް ކުރެވިފައެވެ.


އިޢްލާން

މިރަށު ކުޅިވަރު އެކުވެނީގައި އެޅުމަށް ބޭނުންވާ ޓާފް ގެނެސް ޓާފް އަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިކައުންސިލްގެ ފަރާތުން، މިރަށު ކުޅިވަރު އެކުވެނީގައި އެޅުމަށް ބޭނުންވާ ޓާފް ގެނެސް ޓާފް އަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު(IUL)355-ESMS/INDIV/2017/24  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލަން ކުރީމެވެ.   

 

މަސައްކަތާބެހޭ އިތުރު ތަފްޞީލް

  • ޓާފް އަޅަން ޖެހޭ ސަރަހައްދުގެ ބޮޑުމިން: 1265 އަކަފޫޓް
  • ޓާފް ވިނައިގެ ދިގުމިން: 50 މިލި މީޓަރ
  • ޓާފްގެ އެތެރެ ފިލްކުރުން: ޓާފް އެޅުމަށްފަހު ޓާފްގެ އެތެރެ އެކަމަށްހާއްސަ ރަބަރު އަޅާ ފިލްކުރަންޖެހޭނެ
  • ޓާފް އަޅާ ސަރަހައްދުގެ ބިންގަނޑު ހަރުކޮށް ލެވެލް ކުރުން: އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިކައުންސިލުން

މިމަސައްކަތުގެ އަގު އަދާކުރާނެ ގޮތް: މިމަސައްކަތުގެ އަގު އަދާކުރާނީ މުޅި މަސައްކަތުގެ އަގު 3 ބަޔަކަށް ބަހާލައިގެން، މަސައްކަތް ނިންމާ ކައުންސިލްގެ އިދާރާ އަށް ބިލް ހުށަހަޅާ ތާރީހުންފެށިގެން 1 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ޕޭމަންޓް އަދި 6 ވަނަ މަސްދުވަހުގެ ތެރޭގައި ދެވަނަ ޕޭމަންޓް 12 ވަނަ މަސްދުވަހުގެ ތެރޭގައި 3 ވަނަ ޕޭމަންޓް ދައްކާ ގޮތަށެވެ.

            ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޫބަރު 2017 ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމަށް ހާޟިރުވެ މިމަސައްކަތް ކޮށްދޭނެ އަގު ބަޔާންކޮށް ބިޑްހުށަހެޅުއްވުން އެދި ދެންނެވީމެވެ.  

                   21 މުހައްރަމް 1439

                   11 އޮކްޓޯބަރު 2017  

11 އޮކްޓޫބަރު 2017