ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2017/30
އިއުލާން
އުތުރުހުވަދޫ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ގައުމީ ފެންވަރުގަޔާއި އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަކުރެވޭ ޝަރަފްވެރިންނާއި ޚިދްމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ރަށާއި އަތޮޅަށާއި ގައުމަށް ޚިދްމަތް ކުރުމުގައި ވާދަވެރި ރޫޙެއް އުފެއްދުމުގެ މަގްޞަދުގައި '' އުތުރުހުވަދޫ އެވޯޑް '' ގެ ނަމުގައި ކޮންމެ 2 އަހަރަކުން އެއްއަހަރު އެވޯޑް ދިނުމުގެ 3 ވަނަ އަތޮޅުކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. އެގޮތުން މިއަހަރު ޑިސެމްބަރ މަހު 26 ވަނަ ދުވަހު '' އުތުރު ހުވަދޫ އެވޯޑް '' ދިނުމަށް ހަމަޖެހިފައިވާތީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އެވޯޑަށް ގއ. އަތޮޅުގެ ރަށުކައުންސިލްތަކަށާއި ގއ. އަތޮޅުގައި ހިންގާ ރިސޯޓްތަކަށާއި ، ކުލަބު ޖަމްއިއްޔާ ތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަމިއްލަ ފަރުދުންނަށްވެސް ކުރިމަތިލެވިދާނެއެވެ. އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން މައުލޫމާތު ހުށަހަޅަންވާނީ އުތުރުހުވަދޫ އެވޯޑް ދިނުމަށް އަތޮޅުކައުންސިލުން ފާސްކޮށްފައިވާ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. އުތުރުހުވަދޫ އެވޯޑް ދިނުމުގެ ސިޔާސަތު ދިވެހިސަރުކާރު ގެޒެޓްގައި އަދި އަތޮޅުކައުންސިލްގެ ވެބްސައިޓް www.gaafalif.gov.mv ގައި ޝާއިއު ކުރެވިފައިވާނެއެވެ.
ވީމާ ، އުތުރުހުވަދޫ އެވޯޑް ދިނުމުގެ ސިޔާސަތުގައި ކަނޑައެޅިފައިވާ ދާއިރާތަކުން މި އެޥޯޑަށް ކުރިމަތިލުމަށް ހުށަހަޅުއްވަންޖެހޭ ލިއުންތައް މިއިދާރާއަށް ހުށަހެޅުމުގެ އެންމެފަހު ސުންގަޑިއަކީ 16 ނޮވެމްބަރ 2017 ވާ ބްރާސްފަތި ދުވަހުގެ 13.00 އެވެ. އުތުރުހުވަދޫ އެވޯޑަށް ކަނޑައެޅިފައިވާ ދާއިރާތަކުން ހުށަހަޅާ ލިއުންތައް އިވެލުއޭޓް ކޮށް އެވޯޑް ދޭންޖެހޭ ފަރާތްތައް ކަނޑައަޅާނީ މިކަމަށްޓަކައި އެކުލަވާލާފައިވާ އުތުރުހުވަދޫ އެވޯޑް ވިލަރެސްކުރުމަށް އަތޮޅުކައުންސިލާއި އަދި ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއިން ހޮވިފައިވާ 9 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއަކުންނެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
20 މުޙައްރަމް 1439
10 އޮކްޓޯބަރ 2017