ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A1/1/2017/109
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 15:55
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
2016 މުދަލު ޒަކާތް ބެހުން

 

 

މާލެސިޓީގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ،

 

            2016 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2017 ން 17 އޮކްޓޫބަރު 2017 ގެ ނިޔަލަށެވެ. މިގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

 

ތާރީޚް

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި

ޒަކާތް ބެހުމުގެ މަސައްކަތްކުރާ ތަން

15 އޮކްޓޫބަރު 2017 ( އާދިއްތަ )

09:00 ން 15:00 އަށް

އިސްލާމީ މަރުކަޒު

16 އޮކްޓޫބަރު 2017 ( ހޯމަ )

09:00 ން 15:00 އަށް

އިސްލާމީ މަރުކަޒު

17 އޮކްޓޫބަރު 2017 ( އަންގާރަ)

09:00 ން 15:00 އަށް

       އިސްލާމީ މަރުކަޒު

 

           އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ އައިޑީކާޑް ހިފައިގެން ބަދަލުގައި މީހަކު އައިކަމުގައި ވީނަމަވެސް އެއީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ވެރިފަރާތުން ފޮނުވި މީހެއްކަމުގައި ބަލައި އެފަރާތުގެ ފައިސާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތަކަށް ދޫކުރެވޭނެއެވެ. އަދި ކޮންމެ ދުވަހަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ. ކޮންމެ ނަންބަރަކަށް ޚިދުމަތް ދެވޭނީ ގިނަވެގެން 15 އައިޑީ ކާޑަށެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

20  މުޙައްރަމު  1438

 

ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 30 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.

10 އޮކްޓޫބަރު 2017