ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)394/394/2017/44
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 15 އޮކްޓޫބަރު 2017 13:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                   

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޖީ.އެސް 4 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން

ކޯޕަރޭޓިވް އެފެއާރޒް

މަޤާމް ނަމްބަރ:

J-253452

މަޤާމް އޮތް އޮފީސް:

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ،   ތ. އޮމަދޫ

މުސާރަ:

5020.00  ރުފިޔާ

ސަރވިސް އެލަވަންސް:

1500.00  ރުފިޔާ

އިތުރު އިނާޔަތްތައް

ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ  ދެވޭނެއެވެ.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

  1. ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްގެ ޔުނިޓްތަކުންނާއި ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ސިސްޓަމަށް އަޅައި ބަޖެޓް ތައްޔާރުކޮށް ބެލެހެއްޓުން.
  2. މާލިއްޔަތު ޤަވާޢިދުގެ 6.02 ގައި ވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ އަދި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.
  3. މާލިއްޔަތު ޤަވާޢިދުގެ 6.16 ގައިވާގޮތުގެމަތިން ކައުންސިލްގެ އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ތައްޔާރުކުރުމާއި، މާލިއްޔަތު ޤަވާޢިދުގެ 6.25 ގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. މާލިއްޔަތު ޤަވާޢިދުގެ 6.16 ގައިވާގޮތުގެމަތިން ކައުންސިލްގެ އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ، މާލިއްޔަތު ޤަވާޢިދުގެ 6.25 ގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ކައުންސިލްގެ އިދާރާއިން އަގުދައްކާގޮތަށް ދޭ ޚިދުމަތްތަކުގެ އަގު ބަލައިގަތުމާއި އެ ޚިދުމަތްތަކުގެ ފައިދާއާއި ގެއްލުމުގެ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން.
  6. ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ކުއްޔަށާއި ޚިދުމަތްތަކުގެ އަގަށް ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ކަނޑައެޅިފައިވާ ޤަވާޢިދުތަކާ އެއްގޮތަށްތޯ ބަލައި އެކަން ކަށަވަރުކުރުން.
  7. ފައިސާއާއިބެހޭ ހުރިހާ ލިޔުންތަކެއް ބަލަހައްޓަމުން ގެންދަނީ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށްތޯ ބެލުން.
  8. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކުރަންޖެހޭ މާލީ ރިޕޯޓްތައް ސިސްޓަމުން ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  9. ކައުންސިލުން ދޭ ޚިދުމަތްތަކަށާއި ތަންތަނާއި ތަކެތި ކުއްޔަށްދީގެން ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދައްކަމުން ގެންދޭތޯބެލުމާއި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކައުންސިލްގެ ލަފާގެމަތިން އަޅަމުން ގެންދިއުން.
  10. އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތާނގެ މުވައްޒަފުންނަށް މުސާރަދިނުމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާ އެ ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  11. ބަޖެޓާ ފައިސާއާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އަންގާ ފޯމެޓަށް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތު:

 

1-     އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2-     މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " އީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3-      މސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަވިއުއަށް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ  

3-       ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް .

4-       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

6-        ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 15 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު ކޮޅުމަޑުލު އޮމަދޫ ކައުންސިލުން އަންގާ ތާރީޚެއް ގައި އޮމަދޫ ކައުންސިލްގެ އިދާރާ ގައި އޮންނާނެއެވެ. ވުމާއި އެކު މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން އިންޓަވިއު އަށް ހާޟިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާގެ 6780039 ނަންބަރު ފޯނާއެވެ.   ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ.

03 އޮކްޓޫބަރު 2017