މަސައްކަތް
ނަންބަރު: (IUL)30-C/30/2017/147
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 17 އޮކްޓޫބަރު 2017 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

އަންދާސީ ހިސާބު

މެރިކަލްޗަރ މަޝްރޫއަށް ބޭނުންވާ މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ގަނެ ކ. މަނިޔަފުށްޓަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޫބަރ 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 އިތުރު މައުލޫމާތު

  • ޑެލިވަރީ ކުރަންޖެހޭ ތަނަކީ ކ. މަނިޔަފުށީގެ ހެޗަރީ ސްޓޭޝަނެވެ.
  • އަގު ހުށަހަޅަންވާނީ ކޮންމެ އައިޓަމެއްގެ އަގު އަދި ޑެލިވަރީ ކުރުމަށް ދާ ހަރަދު ވަކިން އިނގޭގޮތަށެވެ.

 އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 50 )
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30 )
  • ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ އަދި ޓެކްސް ކްލިއަރެންސް ހުށަހަޅަންވާނެވެ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރަން ނުޖެހޭކަން ބަޔާންކޮށް މީރާއިން ދޫކުރާ ލިޔުން ހުށަހަޅަން ވާނެއެވެ.

ބ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 އޮކްޓޫބަރ 2017

10 އޮކްޓޫބަރު 2017