ދެންނެވުން
ނަންބަރު: (IUL)270/INDIV/2017/44
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:52
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގެ ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމާއި ގުޅޭ:

އިޢުލާން

ނަންބަރ: (IUL)270/INDIV/2017/44

 

މަގުމަތީގެ ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމާއި ގުޅޭ:

މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި، ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، މުޖުތަމަޢުގެ ސާފުތާހިރުކަމާއި، އަމާންކަން ޤާއިމުކުރުމަށް ހެދިފައިވާ ޢާއްމު ޤަވާއިދުތަކާއި އުޞޫލުތަކަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ.

މިގޮތުން ގޭގޭގެ ފުރާޅުން މަގުމައްޗަށް ފެންފައިބާގޮތަށް ހުންނަ ފުރާޅުތަކުގައި ދިޔަދޮވި ލުމަށާއި، ދިޔަދޮވިން ފައިބާފެން މަގުމައްޗަށް ދޫކޮށްނުލުމަށް ދަންނަވަމެވެ.

އަދި މަގުތަކުގައި ޖޯލިފަތި ނުބެހެއްޓުމަށާއި، ފިހާރަތަކުގައިވެސް މޭޒު، ހަރު އަދި އަސްކެނީގައި މަގުމައްޗަށްވާގޮތަށް މުދާ އެލުވާފައި ނުބެހެއްޓުމަށްވެސް ދަންނަވަމެވެ.

އަދި ގޭގެ އިމުން ބޭރުވާގޮތަށް ޢިމާރާތްތަކުގެ އޮޅިގަނޑުތަކާއި، ގާފޮޅު ފަދަތަން ހުރިނަމަ އެކަންކަން އިސްލާޙްކުރުމަށާއި، ކަނޑައެޅިފައިވާ މިންގަނޑަށް ކަންވަށްނުކޮށް ހުރި ގޭގޭގެ ކަންވަށްކުރުމަށްވެސް އަންގަމެވެ.

ޝުކުރިއްޔާ

20 މުޙައްރަމް 1439

10 އޮކްޓޯބަރ 2017

10 އޮކްޓޫބަރު 2017