ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2017/164
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:52
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކާއިގުޅޭ

                          އިޢުލާން

 

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކާއިގުޅޭ

 

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ތިރީގައިވާ އިނާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމިއްޔާއިން ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

  1. އިހްސާން ޑޮގްރަމާސީ ފެމިލީ ހެލްތް ފައުންޑޭޝަން ޕްރައިޒް
  2. ސަސަކަވާ ހެލްތު ޕްރައިޒް
  3. ޔުނައިޓެޑް އެރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  4. ސްޓޭޓް އޮފް ކުވެއިތް ހެލްތް ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިންސް ޝެއިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޯރ ރިސަރޗް އިން ހެލްތް ކެއަރ ފޯރ ދި އެލްޑަރލީ އެންޑް ހެލްތް ޕްރޮމޯޝަން"
  5. ޑރ ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު

 

މަތީގައިވާ އިނާމްތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.

 

ވީމާ، މި އިނާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 10 ނޮވެމްބަރ 2017 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުއަށް ފޮނުއްވުން އެދެމެވެ.

 

މި އިނާމުތަކާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.who.int/governance/awards/en/) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު މިޑިވިޜަން (3014472) އަށް ގުޅުއްވުން އެދެމެވެ. 

10 އޮކްޓޫބަރު 2017