ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2017/18
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 09 ނޮވެންބަރު 2017 12:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ފަނޑިޔާރުންނާއި މުދައްރިސުން ހޯދުމަށްއެދި

 

އިޢުލާނު

 

      މި އެކެޑަމީގެ، އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތަފާތު އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާ ފަނޑިޔާރުންގެ ދަފްތަރާއި ބަހާއި ތާރީޚާއި ސަޤާފަތާއި ގުޅޭގޮތުން ހިންގާ ޕްރޮގްރާމުތަކާއި ކުރުމުއްދަތުގެ ކޯސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންގެ ދަފްތަރަށް މީހުން އިތުރުކުރަން ބޭނުންވެއެވެ.

      ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމާ ވަނަވަރު 2017 ނޮވެންބަރު 9 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  ފޯމާއި މަޢުލޫމާތު ކަރުދާސް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. 

09 އޮކްޓޫބަރު 2017