މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/ 165
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 16 އޮކްޓޫބަރު 2017 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަންމަ އާއި ކުޑަ ދަރިފުޅުގެ ކާނާ ފޮތް ލޭއައުޓް ރީޑިޒައިން ކުރުމާއި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަންމަ އާއި ކުޑަ ދަރިފުޅުގެ ކާނާ ފޮތް ލޭއައުޓް ރީޑިޒައިން ކުރުމާއި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ސެޕްޓެމްބަރ 2017 ގައި ކުރެވުން ނަންބަރު (IUL) 23-AP/23/2017/148 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 މުޙައްރަމް     1439    

09 އޮކްޓޫބަރު 2017