ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2017/54
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 15 އޮކްޓޫބަރު 2017 14:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓް ހެދުމާއި ބެހޭ

 

 

 

އިޢުލާން

 

މިރަށުގައި ގާއިމްކުރެވޭ ވޮލީ ކޯޓާއި ބެހޭ

 

                 މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ވޮލީކޯޓްގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)414/414/2017/39 (27 ސެޕްޓެމްބަރ 2017)  އިޢުލާނާއިގުޅިގެން އެކަށީގެންވާވަރަށް އެސްޓިމޭޓް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރ 2017 ވަނަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 22 އޮކްޓޫބަރ 2017 ވަނަ ދުވަހުގެ 11.00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ޤާނޫނު ނަންބަރ (2014/18) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.

 

 

#

ޕޮއިންޓް ދެވޭނެ ގޮތް

ޕޮއިންޓް ބަހާލެވޭ ގޮތް

1

މަސައްކަތުގެ އަގު

65%

2

މަސައްކަތުގެ ތަޖްރިބާ

20%

3

މަސައްކަތުގެ މުއްދަތު

15%

 

 

 

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއްކަން އެގޭނެ ސިޓީއަކާއި، ތަމްސީލުކުރާނެ ކުންފުނި، އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން މަޢުލޫމާތު ސާފް ކުރައްވަން ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820020 އަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

        19 މުޙައްރަމް   1439

        09 އޮކްޓޯބަރ 2017

09 އޮކްޓޫބަރު 2017