ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2017/52
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 11 އޮކްޓޫބަރު 2017 12:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމިޓީއަށް ކްލަބް ޖަމިއްޔާތަކުން ބޭފުޅަކާއި އާއްމުންގެ ތެރެއިން ބޭފުޅަކު ޢައްޔަން ކުރުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވުނު އިޢްލާން ނަންބަރު (IUL)301/301/2017/50 އާއި ގުޅޭ

ސުރުޚީގައި ދެންނެވިފައިވާ އިޢްލާން މި ކައުންސިލުން ގެޒެޓް ކުރެވިފައިނުވާތީވެއާއި އިޢްލާނާއި ގުޅިގެން އެ ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތު ކުރުކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާތީވެ،  ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން އެ އިޢްލާންގައި ބަޔާން ވެގެންވާ 2 ފުރުސަތަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށް މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މި ކައުންސިލުން ނިންމައިފީމެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތީން މި ކައުންސިލްގެ ލަފާދޭ ކޮމިޓީގައި ކްލަބް ޖަމިއްޔާތަކުން ތަމްސީލް ކުރުމަށް އޮތް ޖާގައަށް ކުރިމަތިލައްވަން ބޭނުންވާ ޖަމިއްޔާ ޖަމާޢަތްތަކުންނާއި އާއްމު ފަރުދެއްގެ ހައިސިއްޔަތުން މި ކޮމިޓީގައި ތަމްސީލް ކުރުމަށް އޮތް ޖާގައަށް ކުރިމަތި ލެއްވުމަށް ބޭނުންވާ އާއްމު ފަރުދުން 11 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ. މި ކޮމިޓީއަށް މި 2 ފުރުސަތުގައި ތަމްސީލް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 01 އަށް ވުރެ އިތުރުވާނަމަ އެއިގެ ތެރެއިން ކޮމިޓީގައި ތަމްސީލް ކުރުމަށް ފުރުސަތު ދޭނެ ފަރާތެއް ކަނޑައަޅާނީ މި ކައުންސިލުންނެވެ.

މަތީގައި ދެންނެވިފައިވާ 02 ފުރުސަތަށް ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކަކީ މި ކައުންސިލް މެންބަރަކާއި ޢާއިލީ ގޮތުން ގުޅުން ހުރި ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ. ޢާއިލީ ގޮތުން ގުޅިފައިވާ މީހުން ކަމުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ/ ފިރިމީހާ، ދަރިން، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ބޭބެ/ ދައްތަ/ކޮއްކޮ އެވެ. އިޢްލާން ނަންބަރު  (IUL)301/301/2017/50  އަށް އިޖާބަދީ މި ދެ ފުރުސަތަށް އެދި ކުރިން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

18 މުޙައްރަމް   1439

08 އޮކްޓޯބަރ   2017

08 އޮކްޓޫބަރު 2017