ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2017/110
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 05 ނޮވެންބަރު 2017 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވުމާއި ގުޅޭ

                                                                                      

އިޢުލާން

 

                     "ރާއްޖޭގެ ދެ ސަރަހައްދެއްގައި ޓާރޝަރީ ލެވެލްގެ ދެ ހޮސްޕިޓަލެއް ގާއިމު ކުރުން" މި ވައުދުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ލެވަލް އަށް ޙިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އާއި 10 ޖުލައި 2017 ވަނަ ދުވަހުވަނީ ހަވާލު ކުރައްވާފައެވެ.

                     މިކުންފުނީގެ ދަށަށް ބަދަލުވެގެންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ބަދަލުވެގެންދާނީ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައެވެ.

                     ވީމާ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންނާއި ބަދަލުވާން ބޭނުންނުވާ މުވައްޒަފުންވެސް މިއިޢުލާނާއެކު މިވާ " ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުން" ފުރިހަމަ ކުރެއްވުމަށްފަހު 05 ނޮވެންބަރު 2017 ވާ އާދިއްދަ ދުވަހުގެ 13:00 ގެކުރިން ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަންއަށް ހުށައެޅުއްވުމަށް ދެންނެވީމެވެ. މިލިޔުން މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓަރުންނާއި ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަނުން ލިބެންހުންނާނެއެވެ. މިގޮތުން ފޮނުވާ ސިޓީއުރައިގެ ބޭރުގައި " ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް  ބަދަލުވާން ބޭނުންނުވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ތެރޭން ވަޒީފާ ހަމަޖައްސައި ނުދެވިގެން ވަޒީފާއިން ދޫކޮށްލެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014ގެ 224 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިނާޔަތްދެވޭނެއެވެ. މިމުއްދަތުގެ ތެރޭގައި ލިޔުމުން ހުށަނާޅުއްވާ މުވައްޒަފުން ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) ގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނެކަމުގައި ދެންނެވީމެވެ.

                     އަދި ދަންނަވަމެވެ. މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް ވުރެ މަދުނުވާ ގޮތެއްގެ މަތިން މުސާރައާއި އިނާޔަތްތައް މުވައްޒަފުންނަށް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އާއި ދިވެހި ސަރުކާރާއި މެދު ވަނީ އެއްބަސްވެވިފައެވެ. ވީމާ، މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

                     ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާ މުވައްޒަފުންނާއި ދެމެދުވެވޭ އެއްބަސްވުމާއި "ހިއުމަން ރިސޯސް ޕޮލިސީ" އާއި ބެހޭ މައުލޫމާތު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ 3014434/  3014439/  6527694 ނަންބަރ ފޯނަށް ރަސްމީގަޑިގައި ގުޅުއްވުން އެދެމެވެ. އަދި[email protected] / [email protected]   މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ލިބޭނެ ކަމުގައި ދެންނެވީމެވެ.

 

 

                                                                    

 

08 އޮކްޓޫބަރު 2017