ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PN/301/2017/51
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 22 އޮކްޓޫބަރު 2017 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ދަފްތަރު އެކުލަވާލުން

 

އިޢްލާނު

 

ރުއްގަހުގެ ދަފްތަރު އެކުލަވާލުން:

 

މިރަށުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހާއި ބަންޑާރަ / ރަޢްޔިތުންގެ ރުއްގަހުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުމެވެ. ރަށުގެ އެކިއެކި ސަރަޙައްދުގައި ޚާއްސަކޮށް ވަލުތެރޭގައި ގިނަ ޢަދަދަކަށް ރުއްގަސް ހުރުމާއެކު އެރުއްގަސްތަކުގެ ރެކޯޑް ބެލެހެއްޓުމަށް ބޭނުންވާ މަޢްލޫމާތު ކައުންސިލްގައި އޮތުމަކީ، ރަޢްޔިތުންގެ ރުއްގަހާއި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޞްލަޙަތަށްވެސް ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަމެކެވެ. މިކަމުގައި ރުއްގަހުގެ ވެރިންނާއި ޢާއްމު ރަޢްޔިތުންގެ އެހީތެރިކަން މިއިދާރާއަށް ނުހަނު ބޭނުންވެއެވެ.

ކައުންސިލަށް ނިސްބަތްވާ ތަކެއްޗާއި ރަށުގެ އިޚްތިސާސް ހިނގާ ސަރަޙައްދުގައި ހުރި ތަކެއްޗާއި، ރުއްގަހުގެ މަޢްލޫމާތު ބެލެހެއްޓުމަށްޓަކައި  މިރުއްތަކުގެ ސާފު ޢަދަދެއް ބެލުމަކީ މިއިދާރާއިން ކުރަންޖެހޭ ކަމެކެވެ. އަމިއްލަ ފަރާތްތަކުގެ ރުއްގަހަކީ މިލްކު ސާބިތުކުރި ފަތުގައިވާ ތަކެއްޗެވެ. ނުވަތަ މިއިދާރާއިން ހުއްދަ ދީގެން އިންދާ ރަޖިސްޓްރީކޮށްފައިވާ ރުއްގަހެވެ. މިފަދަ ލިޔުމަކަށް ނިސްބަތް ނުވާ ރަށުގެ އެކި ސަރަޙައްދުގައިވާ  ރުއްގަހަކީ ރަޢްޔިތުންގެ ނުވަތަ މިއިދާރާގެ ތަކެއްޗެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިރަށުގައި ހުރި ރުއްގަހުގެ ވެރިފަރާތެއްވާނަމަ، 22 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އަމިއްލަ މީހުންގެ ރުއްގަހުގެ މިލްކު ސާބިތުކުރި ފަތް ނުވަތަ ރުއް އިންދުމަށް ދީފައިވާ ހުއްދައިގެ ކޮޕީ މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. 

28 ސެޕްޓެންބަރު 2017