ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
އައްޑޫސިޓީގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވެގެން މި އިދާރާއިންކުރި ނަންބަރު IUL)426-AA/426/2017/112) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
15 މުޙައްރަމް 1439