ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2017/153
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 15 އޮކްޓޫބަރު 2017 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ

ވަޒީފާގެ ފުރުޞަތު

މިކުންފުނިން ހިންގާ ތިރީގައި މިދަންނަވާ އިންޖީނުގެތަކުގައި ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

ލޭބަރ

ދާއިރާ:

  • ކ.ގުޅި އިންޖީނުގެ
  • އދ.މަންދޫ އިންޖީނުގެ
  • އއ.ރަސްދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01 ( ކޮންމެ އިންޖީނުގެއަކަށް މުވައްޒަފެއް )

މުސާރަ:

-/3,500ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ފިކްސްޑް އެލަވަންސް:

-/1,500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

  • އޮފީސް އިމާރާތް ކުނި ކަހާ ފޮޅާ ސާފުކުރުމާއި ކުނިއުކާލުން.
  • ހެޑް އޮފީހުން އިންޖީނުގެއަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީ އިން ނެގުމާއި އިންޖީނުގެ އިން ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި މުދާ ފެރީއަށް ލުން.
  • އިންޖީނުގޭގެ އޮފީސް އިމާރާތުގެ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

15 އޮކްޓޯބަރ 2017 ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ހޮވުމުގައި އަންހެން ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައިވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017ގެ ކުރިން ވަޒީފާއަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އަދި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އެރަށެއްގެ އިންޖީނުގެ އަށް ހުށަހެޅުއްވުން އެދެމެވެ.

 

                        15  މުޙައްރަމް 1438

                        05  އޮކްޓޯބަރ 2017      

05 އޮކްޓޫބަރު 2017