ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރަށް ސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ޕްރިންޓް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2017 އޮކްޓޫބަރު 08 ވަނަ ދުވަހުގެ 10:00 ށް |
2017 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 10:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
މި އިޢުލާން ފުރަތަމަ ޕަބްލިސް ކުރެވުނުއިރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚްގައި ސެޕްޓެމްބަރު ލިޔެވިފައިވަނީ އޮޅުމަކުން ކަމަށްވާތީ، ގެޒެޓްގައިވާ އިޢުލާން ނެގުމަށްފަހު، ތާރީޚް އިސްލާޚްކޮށް އަލުން ޕަބްލިސް ކުރިވާހަކަ ދެންނެވީމެވެ.