ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2017/ 48 )
އިޢުލާން
2017 ވަނަ އަހަރުގެ އެޗްއެސްސީ އާއި އެސް އެސް ސީ އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން
2017 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި ، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ހޯލުގައި އިދާރީ މަސައްކަތް ކޮށްދޭނެ އެސިސްޓެންޓް އޮފިސަރުން ބޭނުންވެއެވެ.
އެޗް އެސް ސީ / އެސް އެސް ސީ
ބޭނުންވާ ޢަދަދު: 15
އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ
މުއްދަތު: އެޗް އެސް ސީ މާކިންގ ވޯކްޝޮޕް 2017 އޮކްޓޫބަރު 23 ން 26 ށް
އެޗް އެސް ސީ މާކިންގ 2017 އޮކްޓޫބަރު 28 ން 2017 ނޮވެންބަރު 13 ށް
އެސް އެސް ސީ
މުއްދަތު: އެސް އެސް ސީ މާކިންގ ވޯކްޝޮޕް 2017 ނޮވެންބަރު 25 ން 28 ށް
އެސް އެސް ސީ މާކިންގ 2017 ނޮވެންބަރު 29 ން ޑިސެންބަރު 16 ށް
ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2017 އޮކްޓޫބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ.
- އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 20 މީހުންނާއެވެ.
- އެޕްލިކޭޝަންފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
15 މުޙައްރަމް 1439
05 އޮކްޓޫބަރު 2017