ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކުރާ ޓައިޓަލްތަކާބެހޭ
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކުރެވޭ އެލައިޑް ހެލްތް ޕްރޮފެޝަނަލް ޓައިޓަލްތަކުގެ ލިސްޓަށް އަންނަ އުނިއިތުރު އާއްމުކުރަމުން ދާނެ ވާހަކަ ވާނީ މިކައުންސިލްގެ ޢިއުލާން ނަންބަރު139(IUL)23-mahc/23/2017/ން ދެންނެވިފައެވެ. އެގޮތުގެމަތިން ތިރީގައިވާ ޕްރޮފެޝަނަލް ޓައިޓަލްތައް މިލިސްޓަށް އިތުރުކޮށް ޢިއުލާން ކުރަމެވެ.
ޕްރޮފެޝަނަލް ޓައިޓަލް |
ތަޢުލީމީ ޝަރުތު |
ސްޕޯޓްސް ތެރަޕިސްޓް |
ސްޕޯޓްސް ސައިންސް ނުވަތަ އެކްސަރސައިޒް ސައެންސްގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ޑިގްރީއެއް ޙާސިލްކޮށްފައިވުން. |
ރިމީޑިއަލް މަސާޖް ތެރަޕިސްޓް |
ރިމީޑިއަލް މަސާޖު ތެރަޕީ ދާއިރާއިން މަދުވެގެން 01 އަހަރުދުވަހުގެ ކޯހެއް ފުރިހަމަކޮށްފައިވުން |
15 މުޙައްރަމު 1439