ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2017/28
އިއުލާން
މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ވިއްކުމަށް އެދޭ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)241-B/241/2017/10 އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރަމުންދަނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ހުށަހެޅުނު ބިޑްތައް ކެންސަލްކޮށް 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރުމަށް އަތޮޅުކައުންސިލްގެ 18 ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވާތީ މިކަމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- ތެޔޮ ލިޓަރެއް ވިއްކާނެ އަގު ( ޕެޓްރޯލް ޑީސަލް ވަކިން އެނގޭގޮތަށް )
2- ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް
3- ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )
4- މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )
5- ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ
6- ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )
7- ޓެކްސް ކްލިއަރެންސް ރިޕޯޓް
ހުށަހެޅޭ ބިޑްތަކަށް މާރކްސް ދެވޭނެގޮތް
1- ހުށަހަޅާއަގަށް 60 މާރކްސް
2- ކްރެޑިޓަށް ދޫކުރާ މުއްދަތަށް 10 މާރކްސް ( ބިލަށް ފައިސާދެއްކުމަށް ދެވޭ މުއްދަތާއި ދޭ ލުއިފަސޭހަތަކަށް )
3- މާލީ ތަނަވަސްކަމަށް : 15 މާރކްސް ( މާލީތަނަވަސްކަން ބަޔާންކުރުމަށް ފާއިތުވި 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅަންވާނެއެވެ. )
4- ފަންނީ ގާބިލްކަމަށް : 15 މާރކްސް ( މަސައްކަތާއި ގުޅުންހުރި ލިއުންތަކުން 3 ލިޔުމެއް ހުށަހެޅުން ) އެކަށީގެންވާ 3 ލިއުން ހުށަހަޅައިފިނަމަ ފުލްމާރކްސް ދެވޭނެއެވެ.
ވީމާ ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު 15 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
13 މުޙައްރަމް 1439
03 އޮކްޓޯބަރ 2017