ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2017/ 142
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 15 އޮކްޓޫބަރު 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

 

މަޤާމް:                  އެގްރިކަލްޗަރ އޮފިސަރ    

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:                  އެމް.އެސް. 2

މަޤާމުގެ ނަންބަރު:            222887

ގިންތި:                  ދާއިމީ

ބޭނުންވާ  ޢަދަދު:             1

މުސާރ:                  -/6295 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް     

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ  

 

      މަޤާމުގެ ޝަރުތު      

1-      މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ، ދާއިރާއކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ

4-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އެގްރިކަލްޗަރ ޕްރޮޑަކްޝަން އެންޑް ޕްރޮޑަކްޓް ޑައިވަރސިފިކޭޝަން ސެކްޝަނުން ހިންގާ އެންމެހާ ހަރަކާތްތައް ރާވާ އަތޮޅުތަކުގައި ހިންގުން.
  • ދަނޑުވެރިކަމުގެ އިންޝުއަރެންސް ސްކީމްއާއި، ދަނޑުވެރިކަމުގެ ލޯނު ސްކީމާއި ބެހޭ މަޢުލޫމާތު އާންމުކުރުމާއި، މިނިސްޓްރީއިން ކުރަންޖެހޭ މި 2 ސްކީމާއި ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން.
  • ރާއްޖޭން ބޭރުގެ ދަނޑުވެރިކަމުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފޮނުވަންޖެހޭ އެންމެހާ މަޢުލޫމާތު އެއްކުރުމާއި ފޮނުވުން.
  • ދަނޑުވެރިކަމުގެ އުފެއްދުންތައް ޑައިވަރސިފައިކުރުމަށް އައު މަޝްރޫޢުތަކަށް ކޮންސެޕްޓް/ ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-   ދަނޑުވެރިކަމުގެ ދާއިރާއާއިބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-   ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ   

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             121044

ގިންތި:                    ވަގުތީ

މުއްދަތު:                   ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 މެއި 2018 ގެ ނިޔަލަށް

ބޭނުންވާ   ޢަދަދު:             1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމެންޓް ސެކްޝަން    

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

 

      މަޤާމުގެ ޝަރުތު      

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އެޑްމިނިސްޓްރޭޓިވް ސެކްޝަން އާއި މިނިސްޓްރީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރު ކުރުން
  • ޑިސްޕެޗް ކުރަންޖެހޭ ސިޓީތައް ޖެމްސް މެދުވެރިކޮށް ނަންބަރުޖަހޭ ފޮނުވުން.
  • މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިގަމުންދާ ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން
  • މިނިސްޓްރީއަށް ލިބޭ ބިލްތައް ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން
  • ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ، މެމޯ، އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ސެކްޝަނުން ފޮނުވާ އަދި ލިބޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާތަޢުލީމާއި، ތަމްރީން

-   ދައުލަތުގެ  މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިމިންވަރު

-    ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

 

މަޤާމް:                  ސީނިއަރ ރިސާރޗް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:                   އެމް.އެސް. 2

މަޤާމުގެ ނަންބަރު:             209038

ގިންތި:                    ދާއިމީ

ބޭނުންވާ   ޢަދަދު:             1

މުސާރ:                  -/6295 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          މެރިން ރިސާރޗް ސެންޓަރ   

މަސައްކަތް ކުރަންޖެހޭތަން:        މެރިން ރިސާރޗް ސެންޓަރ

 

      މަޤާމުގެ ޝަރުތު      

1-      މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް / އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ

4-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރިސާރޗް ޕްރޮޖެކްޓް ޕްރޮޕޯސަލް ފަރުމާކުރެވި، އަދި އެޕްރޮޖެކްޓްތައް ތަންފީޒުކުރުމުގައި އަމަލީގޮތުން އިސްދައުރެއް އަދާކުރުން.
  • ރިސާރޗް ޕްރޮޖެކްޓްތަކުގެ ފަންނީ ރިޕޯރޓް ތައްޔާރުކުރުން.
  • މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުންނާށާއި އާއްމުންނަށް މެރިކަލްޗަރ ޓްރެއިނިންގ ދިނުން.
  • މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ކުރާ ތަހްލީލް ތަކުގެ ޓޭޑާ ނަގައި، މަޢުލޫމާތު ރެކޯޑްތައް ބެލެހެއްޓުން.
  • މަނިފުށީ ފީލްޑް ސްޓޭޝަނުގައި ދިރޭ ކާނާ އާލާކުރުން.
  • އެކްއަރކަލްޗަރ ރިސާރޗް ޔުނިޓުގެ އިދާރީ މަސައްކަތްކުރުން.
  • ކުރަންޖެހޭ ތަހުލީލުތަކުގެ ބާވަތުން ޑައިވް ކުރަންޖެހޭނަމަ ޑައިވްކުރުން.
  • މެރިން ރިސާރޗް ސެންޓަރުގެ އިދާރީ ހިންގުމަށް އެހީތެރިވުން.
  • މެރިކަލްޗަރ ތަހުލީލްތަކުގެ އިތުރަށް، މެރިން ރިސާރޗް ސެންޓަރުގައި ހިންގާ އެހެނިހެން ތަހުލީލުތަކުގައި ބައިވެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-    އެކުއަރކަލްޗަރ/ މެރިކަލްޗަރއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-     ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    ސީނިއަރ ރިސާރޗް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:                    އެމް.އެސް. 2

މަޤާމުގެ ނަންބަރު:             207223

ގިންތި:                    ދާއިމީ

ބޭނުންވާ    ޢަދަދު:            1

މުސާރ:                   -/6295 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          މެރިން ރިސާރޗް ސެންޓަރ   

މަސައްކަތް ކުރަންޖެހޭތަން:        މެރިން ރިސާރޗް ސެންޓަރ

 

      މަޤާމުގެ ޝަރުތު      

1-      މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް / އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ

4-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފާނަ މަސްވެރިކަން މެނޭޖްކުރުމަށް ބޭނުވާ މައުލޫމާތު އެއްކޮށް ދިރާސާ ކުރުން. ދިރާސާގެ މައްޗައް ބަލާ ރިޕޯރޓް ތައްޔާރުކުރުން
  • ރާއްޖޭގައިކުރާ ފަރުމަސްވެރިކަމުގެ ޙާލަތު ދެނެގަތުމަށްޓަކައި ޑޭޓާ އެއްކުރުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވެ ޑޭޓާ ކަލެކްޓްކޮށް ކޮމްޕައިލް ކުރުމުގެ އެހީތެރިވެދިނުން.
  • އެކްސްޕޯރޓްކުރެވޭ ދިރޭ ކުދިމަހުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން
  • މާލޭ މަސް މާރުކޭޓަށް އަރުވާ ފަރުމަހުގެ މަޢުލޫމާތު ނަގައި އެނަޓަރކޮށް އެނަލައިޒްކުރުމުގައި އެހީތެރިވުން

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-  އެކުއަރކަލްޗަރ/ މެރިކަލްޗަރއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-  ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ   

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             228862

ގިންތި:                    ދާއިމީ

ބޭނުންވާ    ޢަދަދު:             1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ފިޝަރީޒް މެނޭޖްމެންޓް ސެކްޝަން    

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

 

      މަޤާމުގެ ޝަރުތު      

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ބޮޑުކަންނެލީގެ މަޢުލޫމާތު ހިމެނޭ ރިޕޯޓްތައް ޑޭޓާ ބޭސްއަށް އެންޓަރކޮށް ފައިލް ކުރުން.
  • މާލެއިން މަހައްދާ އުޅަނދުފަހަރުގެ މަސްރިޕޯޓް އެންޓަރ ކުރުމާއި ފައިލްކުރުން.
  • މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގެ ފުރިދުވަސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމުގެ އިތުރުން  މާލޭ މާރުކޭޓުންނާއި ދޯނިތަކުން ރިޕޯޓްނަގަން ޖެހިއްޖެ ހާލަތެއްގައި ރިޕޯޓްތައް ނެގުން.
  • ތަފާސްހިސާބައި ގުޅޭ ސާރވޭތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ސާރވޭތަކުގައި ބައިވެރިވުން އަދި އެސާރވޭތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެނަލަސިސް ހަދާ ރިޕޯޓްތައް ތައްޔާރުކޮށް އަދި އެމަޢުލޫމާތުތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުނުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-   މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

-   ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                  އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ 

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                   ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             119724

ގިންތި:                    ދާއިމީ

ބޭނުންވާ   ޢަދަދު:              1

މުސާރަ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ކޮއްތުފައިސާ:                ދަތުރުތަކުގައި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/200 - -/180 ރުރިޔާ.

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން  

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

           

      މަޤާމުގެ ޝަރުތު      

1-      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކަޅުބިލަމަހުގެ މަސްވެރިކަމަށް ޤާއިމުކޮށްފައިވާ ކަނދުފަތި ވިއުގަ ބެލެހެއްޓުމަށް  ފެޑްސެންޓަރުގައި ކުރަމުންދާ މަސައްކަތްތައް  ރާވައި ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ހިންގާ ބައިވެރިވުން
  • ކަނދުފަތީގެ މަސައްކަތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ގަންނަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • ކަނދުފަތި ވިޔުގައިގެ ޑޭޓާބޭސް ބަލަހައްޓައި، ކަނޑައިގެންދާ ކަނދުފަތިތަކާއި،މާރާމާތުކުރަންޖެހޭ ކަނދުފަތިތަކާއި އަލުން ޤާއިމުކުރަންޖެހޭ ކަނދުފަތިތައް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ރާވައި ހިންގުން .
  • ކަޅުބިލަމަހުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ފެސިލިޓީތައް މޮނިޓަރކޮށް އަދި ބޯޓްތަކަށް ކަލެކްޝަން ޕަރމިޓް ދިނުން އަދި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާތަޢުލީމާއި، ތަމްރީން

-    މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-   ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

-   ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ލިބިފައިވުމާއި ފަތަން/ ފީނަން އެނގުން.

 

މަޤާމް:                    ޕްލޭނިން އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                    އެމް.އެސް. 1

މަޤާމުގެ ނަންބަރު:             118486

ގިންތި:                    ދާއިމީ

ބޭނުންވާ  ޢަދަދު:              1

މުސާރ:                   -/5610 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން     

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

 

      މަޤާމުގެ ޝަރުތު      

5-      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް  ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިފައިވުން. ނުވަތަ

6-      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

7-      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރާއްޖެބައިވެރިވާ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ ތަފާތު މަސައްކަތްތައް ރާވާ ހިންގުން.
  • އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާއި ގުޅިގެން ތައްޔާރުކުރެވޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވެދީ ލިޔުންތައް ބެލެހެއްޓުން.
  • އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާ ގުޅޭ ޕްރޮގްރާމްތަކަށް ހުށަހަޅާ ކަރުދާސްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ރާއްޖެއިން ބޭރުގެ އެހީގައި ބާއްވާ ތަފާތު ޖަލްސާތަކާއި ވޯރކްޝޮޕް ސެމިނަރތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައް ރާވާ ހަމަޖެއްސުން.
  • މިނިސްޓަރ އާއި ސްޓޭޓް މިނިސްޓަރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުގެ ކަންތައްތައް މިނިސްޓަރސް ބިއުރާއާއެކު ކޯޑިނޭޓް ކޮށް ހަމަޖައްސާ ދިނުން.
  • އަހަރީ ބަޖެޓް ތައްޔާރުކުން
  • މަލްޓިލެޓަރަލް އަދި ބައިލެޓަރަލް ޖަމްޢިއްޔާތަކުގެ ޕްރޮގްރާމްތަކާއި މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-   ލިބިފައިވާ ތަޢުލީމާއި، ތަމްރީން.

-   މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-    ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4-      ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

     (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި

      މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ       އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ 

      މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން

މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރ  15 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ  ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

13 މުޙައްރަމް  1439

04 އޮކްޓޫބަރު 2017