ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2017/76
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 12 އޮކްޓޫބަރު 2017 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން (ޅ.ނައިފަރު،ފ.ނިލަންދޫ،ލ.ކައްދޫ،ސ.ހިތަދޫ)

އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

ސްޓޭޝަން

ބޭނުންވާ އަދަދު

އާއްމުކޮށް މަސައްކަތް ކުރަންޖެހޭ ތަން

ޅ. ނައިފަރު ފަޔަރ ސްޓޭޝަން

2

ޅ. ނައިފަރު

ފ. ނިލަންދޫ ފަޔަރ ސްޓޭޝަން

3

ފ. ނިލަންދޫ

ލ. ކައްދޫ ފަޔަރ ސްޓޭޝަން

1

ލ. ކައްދޫ

ސ. ހިތަދޫ ފަޔަރ ސްޓޭޝަން

2

އައްޑޫ ސިޓީ ހިތަދޫ

މަޤާމު

އޮގްޒިލަރީ ފަޔަރމަން

މުސާރަ

(މަހަކު) -/4465 ރުފިޔާ  

 

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

 

  • ޖީ.ސީ.އީ އޯ ލެވެލް ފެންވަރު ހުރުން.
  • އިސްކޮޅުން 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  •  މިވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖްރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 

އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ޙާދިޘާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިޘާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2017 އޮކްޓޫބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް ނުވަތަ    އެ ފަޔަރސްޓޭޝަނެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާއަށް އަދި އައްޑުއަތޮޅުގައިނަމަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.    މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 12 މުޙައްރަމް 1439

02 އޮކްޓޫބަރު 2017