ވަޒީފާގެ ފުރުޞަތު
ނަންބަރު: HRH/I/2017/07
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 11 އޮކްޓޫބަރު 2017 13:30
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަންބަރު

J-279514

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ޓްރާންސްޕޯރޓް ސެކްޝަން / ސ.ފޭދޫ ޞިއްޙީ މަރުކަޒު 

މަޤާމު އޮތް އޮފީސް

ސ. ފޭދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ފޭދޫ ޞިއްޙީ މަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ރިސްކް އެލަވަންސް -/75ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ ދަތުރުތައްކުރުން
  2. އެމްބިއުލާންސްގައި ހުންނަންޖެހޭ އޮކްސިޖަން، ސްޓްރެޗަރ، އަދި މިފަދަތަކެތި ފުރިހަމަޔަށް ހުރިތޯއާއި ރަގަޅަށް މަސައްކަތްކުރޭތޯ ބަލާ ޗެކްކޮށް ރަގަޅު ނޫންނަމަ އެކަންކަން ޑިޕާރޓްމެންޓްގެ ވެރިޔަކަށް އަންގާ ރަގަޅުކުރުވުމަށް މަސައްކަތް ކުރުން
  3. ބަލިމީހުން އުފުލުމުގައި ކަޑައެޅިފައިވާ ޤަވާޢިދުތަކަށް ދުއްވުން އަދި އޯގާތެރިކަމާއި ހިތްހެޔޮކަމާއިއެކު ބަލިމީހުންނާއި އެހީތެރިވެދީ ހެދުން
  4. ކޯލްޑިއުޓީތަކަށް ނިކުތުމާއި އިމަރޖެންސީތަކަށް ނިކުމެ މަސައްކަތްކުރެވޭ ފަދަ ޙާލަތެއްގައި އަބަދުވެސް ހުރުން
  5. ސިއްޙީމަރުކަޒަށް ތަކެތި ހޯދުމުގައި ވެހިކަލްތަކުން ކުރަންޖެހޭ ދަތުރުތައްކުރުމާއެކު ތަކެއްޗާއި މީހުން އުފުލުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  6. ވެހިކަލް ދުއްވުމުގެކުރިން އޭގައި ހުންނަންޖެހޭ ތެޔޮ، އަޑީތެޔޮ އަދި އެހެނިހެން ތަކެތިވެސް ރަގަޅަށް ޗެކްކޮށް ގެއްލުމެއްލިބިފައިވޭތޯ ބަލާ ގެއްލުމެއް ލިބިފައިވާނަމަ އެކަން އަންގަންޖެހޭ އިސް މުވައްޒަފަށް އެންގުން
  7. ވެހިކަލްތަކަށް ބޭނުންވާ ތެޔޮ އެޅުމަށް ހަމަޖެހިފައިވާ ޤާވާޢިދާއި އެއްގޮތަށް ތެޔޮނޯޓް ހޯދާ ތެޔޮއެޅުން.
  8. ވެހިކަލް ދުއްވުމުގެތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ އެކަން އަންގަންޖެހޭ އިސް މުވައްޒަފަށް އަވަހަށް އެންގުން
  9. ވެހިކަލް ރަގަޅަށް ދޮވެ ކޮންމެދުވަހަކު އެއްފަހަރު ސާފުކުރުން، ކުރާ ދަތުރުތައް ނިމުމުންވެސް ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުން
  10. ވެހިކަލްތަކުގައި މަރާމާތުކުރަންޖެހޭ ކަމެއްހުރިތޯ ބަލާ ކަމާބެހޭ މުވައްޒަފުންނާއި ވާހަކަދައްކާ އެކަންކަން ރަގަޅުކުރުވުން
  11. ދުއްވާތަކެތީގެ އަހަރީ ފީ، އިންޝުއަރެންސް އަދި ރޯޑްވާދިނަސް މުއްދަތު ހަމަވުމުގެކުރިން ކަމާއިބެހޭ އިސްމުވައްޒަފަކާއި ގުޅައިގެން އާކުރުވުން
  12. ޢާންމު ޚިދުމަތާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ކުރުން، އަދި ދަތުރެއްގައި ވެހިކަލަށް އަރުވާ ބާލާ ހަދަންޖެހޭ ތަކެތި އެރުވުމައި އެހީތެރިކަމެއް ބޭނުންވެއްޖެ ހިދެއްގައި އެހީތެރިވުން
    1. ދުއްވާތަކެތީގެ ލޮގްފޮތް ބަލަހައްޓާ ކުރެވޭ ދަތުރުތައް ލޮގްފޮތަށް ޤަވާޢިދުން އެރުވުން

މަޤާމުގެ ޝަރުތުތައް

  1. ޑްރައިވަރެއްގެ މަގާމުގައި މަސައްކަތްކުރުމުގެ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަޤާމަށް ބޭނުންވާ މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީ ޤަބޫލުކުރާ B1 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވުން
  2. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާބިލްކަން ކަށަވަރުކުރުމަށް ޕްރެކްޓިކަލް ޓެސްޓެއް ދީގެން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ފޭދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންވެސް ބަލައި ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޮކްޓޯބަރ 2017 އާއި 19 އޮކްޓޯބަރ 2017 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

25% (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 9555901 / 6892521 ނަންބަރު ފޯނާއެވެ.

03 އޮކްޓޫބަރު 2017