ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2017/231
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 12 އޮކްޓޫބަރު 2017 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ސ.ހިތަދޫގައި ގުދަންކުރެވިފައިހުރި ތަކެތި މި މިނިސްޓްރީގެ އައްޑޫ ސިޓީގައިހުރި ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓްގެ ގޯތިތެރޭގައި ހެދިފައިހުރި ގުދަނަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން:

މި މިނިސްޓްރީއިން ސ.ހިތަދޫގައި ގުދަންކުރެވިފައިހުރި ތަކެތި މި މިނިސްޓްރީގެ އައްޑޫ ސިޓީގައިހުރި ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓްގެ ގޯތިތެރޭގައި ހެދިފައިހުރި ގުދަނަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޫބަރ 08 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އައްޑޫ ސިޓީގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / ހިތަދޫ ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޫބަރ 12 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އައްޑޫ ސިޓީގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / ހިތަދޫ ސެކްޝަނަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.    

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 އޮކްޓޫބަރ 08 ވާ އާދީއްތަ ދުވަހުގެ 13:30 އިން ފެށިގެން 2017 އޮކްޓޫބަރ 12 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް/ ހިތަދޫ ސެކްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 5753-688 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

03 އޮކްޓޫބަރު 2017