ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2017/162
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 11 އޮކްޓޫބަރު 2017 01:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮޕަރޓީ އެންޑް އެސްޓް މެނޭޖްމަންޓް ކޮންސަލްޓަންޓ

ޕްރޮޕަރޓީ އެންޑް އެސްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް

 

ދައުލަތުގެ އިމާރާތްތަކާއި ބިންތައްބެލެހެއްޓުމާއި އަދި މި މަސައްކަތް ދެމެހެއްޓިނިވި ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 އޮކްޓޯބަރ 11 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

03 އޮކްޓޫބަރު 2017