އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
ފައިނޭންސް އޮފިސަރ
|
މަޤާމް:
|
J-290545
|
މަޤާމުގެ ނަންބަރު:
|
01 ( އެކެއް )
|
ބޭނުންވާ އަދަދު:
|
ދާއިމީ
|
މަޤާމުގެ ގިންތި:
|
އެމް.އެސް 1
|
މަޤާމުގެ ރޭންކް:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ކޯޕަރޭޓް އެފެއާޒް ޔުނިޓް
|
ސެކްޝަން:
|
މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
|
މަޤާމް އޮތް އޮފީސް:
|
ކޯޕަރޭޓް އެފެއާޒް ޔުނިޓް / މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
-/5610 ރުފިޔާ
|
މުސާރަ:
|
-/2000 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
އިތުރު ޢިނާޔަތްތައް:
|
- މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި މުވައްޒަފުންނަށް މުސާރަދިނުމާއި ، ވައުޗަރ ތައްޔާރުކުރުމާއި ، އެކިއެކި ފަރާތްތަކުން ދައްކާ ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުން.
- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބޭންކް އެކައުންޓްތައް ބެލެހެއްޓުމާއި ފައިސާ ނެގުމާއި ޖަމާކުރުމަށް ބޭންކަށް ފޮނުވުން.
- ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ކައުންސިލްގެ ލަފާގެ މަތީން ތައްޔާރުކުރުމާއި،ފޮނުވަންޖެހޭ މުއްދަތުގައި ކަމާބެހޭ ރަސްމީ އިދާރާތަކަށް ފޮނުވުން.
- ވިޔަފާރި ފީ ބަލައިގަތުމާއި،އެކަންކަމާއިބެހޭ ތަފާސް ހިސާބުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ބެލެހެއްޓުން.
- ބަޖެޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ފައިސާއާއިބެހޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ކަމާއިބެހޭ ރަސްމީ އިދާރާތަކަށް ފޮނުވުން.
- ކައުންސިލަށް ލިބޭ އާމްދަނީ އާއި ލިބޭ އެހެނިހެން ފައިސާގެ ރިޕޯރޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ބަޖެޓް ސެކްޝަނުގައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ކައުންސިލް އިދާރާގައި ކުރަންޖެހޭ ފައިސާއާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ފައިލްކުރުން.
- ފައިސާއާއި ގުޅޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެކައުންޓިންގ އެންޑް ފައިނޭންސް، މެތަމެޓިކް އެންޑް ސްޓެޓިސްޓިކްސް، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އެކައުންޓިންގ އެންޑް ފައިނޭންސް، މެތަމެޓިކް އެންޑް ސްޓެޓިސްޓިކްސް، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
ނުވަތަ
- އެކައުންޓިންގ އެންޑް ފައިނޭންސް، މެތަމެޓިކް އެންޑް ސްޓެޓިސްޓިކްސް، އޮޑިޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދޭ ފޯމު މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އޮކްޓޯބަރ 2017 އާއި 31 އޮކްޓޯބަރ 2017 އާ ދެމެދު، މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560029 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
|