ދިވެހިރާއްޖެ
ސިފައިންނާއި ފުލުހުންނަށް ކައްކައި ކާންދިނުމާބެހޭ
1. ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކުގައި ކައްކައި ކާންދިނުމަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތާ ބެހޭގޮތުން 14 މާރިޗު 2013ގައި ކުރެވުނު ނަންބަރު IUL)13-K/13/2013/56) އިޢުލާނު ބާޠިލުކޮށް، ކައްކައި ކާންދިނުމުގެ ޕްރޮޖެކްޓްތަކަށް މާކްސް ދެވޭގޮތް އިޞްލާޙު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
2. ކެޓަގަރީ 1: (އާބާދީ 1000 މީހުންހަމަވާ ނުވަތަ މީހުން ދިރިނޫޅޭ ރަށްރަށަށް)
* މާލީ ތަނަވަސްކަން (ދެވޭ ޖުމުލަ މާކްސް 30، ފާސްވާ މާކްސް 15)
- ބޭންކް ރިފަރެންސް ސިޓީ ނުވަތަ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (އެންމެ ފަހު 3 މަހުގެ): (15 ދުވަހަށް ހިނގާނެ ޚަރަދުގެ %50 މަދުވެގެން ރޯލް ކުރެވޭ ގޮތަށް ހުރިކަން ބޭންކް ރިފަރެންސް ސިޓީއަކުން ނުވަތަ އެކައުންޓް ސްޓޭޓްމަންޓަކުން އެނގެން އޮވެއްޖެނަމަ 15 މާކްސް ލިބޭނެ. ފައިސާގެ މިންވަރު ހަމަނުވާނަމަ މަދުވާ ނިސްބަތުން މާކްސް ދެވޭނެ. އަދި މިންވަރު އިތުރުވިޔަސް އިތުރުވާ ނިސްބަތުން މާކްސް ދެވޭނެ. މި ބަޔަށް ގިނަވެގެން ލިބޭނީ 21 މާކްސް.
- ކްރެޑިޓް ރިފަރެންސް: (ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ/ހިންގަމުންދާ ކުންފުންޏެއްގެ) މިބައިންވެސް ފައިސާގެ ކަންތައް ބަލާނީ ކުރީ ޕޮއިންޓާ އެއްގޮތަށް. މިންގަނޑަކަށް ބަލާނީ ހުންނަންޖެހޭ ފައިސާގެ މިންވަރު ހުރެއްޖެނަމަ 9 މާކްސް އަދި މަދުވާނަމަވެސް ނިސްބަތުން މާކްސް ދެވޭނެއެވެ. ދެބައިން ޖުމުލަ 15 މާކްސް ލިބޭނަމަ ފާސްވާނެ.
* ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
- 18 މާރިޗް 2013އާ ހަމައަށް ފާއިތުވި 24މަސް ދުވަހުގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ކާންދިނުމުގެ އެއްބަސްވުމެއް ޕަރފޯމް ނުކުރެވުމުގެ ސަބަބުން އުވާލެވިފައިވާ ފަރާތެއް ނުވަތަ އަމިއްލަ އިޚުތިޔާރުގައި މަސައްކަތް ނުކުރެވިގެން ދޫކޮށްލާފައިވާ ފަރާތެއްގެ ތަޖުރިބާއަށް 18 މާރިޗު 2014އާހަމައަށް އެއްވެސް މާކުހެއް ނުދެވޭނެއެވެ. އަދި 18 މާރިޗު 2013އިން ފެށިގެން ސިފައިންނާއި ފުލުހުންނަށް ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމެންޓް ބާޠިލު ކުރެވިއްޖެނަމަ އެގްރީމެންޓް ބާޠިލުކުރާ ތާރީޚުން ފެށިގެން 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ތަޖުރިބާއަށް އެއްވެސް މާކްހެއް ނުލިބޭނެއެވެ.
- ޕްރޮޖެކްޓުގައި ހިމެނޭ މުވައްޒަފުންގެ އަދަދަށް ކައްކައި ކާންދިނުމުގެ މަސައްކަތެއް މަދުވެގެން 6 މަސްދުވަހު ކޮށްދީފައިވާކަމުގެ ލިޔުން އޮތުން. (ރެސްޓޯރަންޓް، ހޮޓާ، ޕާޓީއަށް ކައްކައިދިނުން). 6 މަސް ހަމަވުމުން ލިބޭނީ 10 މާކްސް. މުއްދަތު އިތުރުވާ ނިސްބަތުން މާކްސް އިތުރުކޮށްދީ ގިނަވެގެން ލިބޭނީ 20 މާކްސް. ފާސްވާނީ 10 މާކްސް ލިބިގެން.
* ޓެކްނިކަލް ( ދެވޭ މާކްސް 5)
- މުވައްޒަފުންނަށް (ކައްކާ، ހެޑްވެއިޓަރ، ސުޕަވައިޒަރ) މަސައްކަތު ދާއިރާއިން ލިބިފައިވާ ޢިލްމީ ސެޓުފިކެޓު (ތަޖުރިބާގެ ލިޔުން އޮތުން (މަދުވެގެން 6 މަސްދުވަހުގެ ތަޖުރިބާ). މަސައްކަތް ކޮށްފައިވަނީ މިހާރު ބިޑް ހުށަހަޅާ ފަރާތުންނަމަ އެ ލިޔުމެއްގައި ދެ ހެކިންގެ ސޮއި އޮންނަންވާނެއެވެ. މިކަންކަން ފުރިހަމަ ނުވާނަމަ މާކުހެއް ނުލިބޭނެ.
* މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)
- ޢާންމު މަސްމަހުގެ މެސްމެނޫ – 36 މާކްސް (ރަމަޟާންމަހުގެ މެނޫ ފިޔަވައި އެހެން ހުރިހާ މެނޫއެއް)
- ރަމަޟާން މަހުގެ މެސްމެނޫ – 09 މާކްސް
3. ކެޓަގަރީ 2: އާބާދީގައި 1000 މީހުން ހަމަނުވާ ރަށްރަށުގައި ތިބޭ ސިފައިންނާއި ފުލުހުންނަށް ކައްކައި ކާންދިނުމުގައި މާކްސް ދެވޭނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
* މާލީތަނަވަސްކަން (ދެވޭ ޖުމުލަ މާކްސް 30، ފާސްވާ މާކްސް 15)
- މިބަޔަށް މާކްސް ދެވޭނީ ކައްކައި ކާންދެވޭނެ ވަރުގެ މާލީ ފެންވަރު ހުރިކަމުގެ ލިޔުމެއް ދެހެކިން ލައްވައި ސޮއިކޮށް ހުށަހެޅުމުން 15 މާކްސް އެވެ. އަދި އެ ލިޔުމާއެކު ބޭންކް ރިފަރެންސް ސިޓީ ނުވަތަ އެންމެ ފަހު 3 މަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހެޅުމުން 15 މާކްސް އެވެ.
* ތަޖުރިބާ (ދެވޭ ޖުމުލަ މާކްސް 40، ފާސްވާ މާކްސް 20)
- ޕްރޮޖެކްޓްގައި ހިމެނޭ މުވައްޒަފުންގެ އަދަދަށް ކައްކައި ކާންދިނުމުގެ މަސައްކަތެއް މަދުވެގެން 6 މަސްދުވަހު ކޮށްދީފައިވާކަމުގެ ލިޔުން އޮތުން. (ރެސްޓޯރަންޓް، ހޮޓާ، ޕާޓީއަށް ކައްކައިދިނުން). 6 މަސް ހަމަވުމުން ލިބޭނީ 20 މާކްސް. މުއްދަތު އިތުރުވާ ނިސްބަތުން މާކްސް އިތުރުކޮށްދީ ގިނަވެގެން ލިބޭނީ 40 މާކްސް. ފާސްވާނީ 20 މާކްސް ލިބިގެން.
- ރަށެއްގެނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނެއް ނުވަތަ ސިފައިންގެ މަރުކަޒަކަށް ކުރިން ކައްކައި ކާންދީފައިވާނަމަ އެމަސައްކަތް ކުރިގޮތުގެ ލިޔުމެއް އެމަރުކަޒަކުން ހޯދައި ހުށަހަޅަންވާނެއެވެ. މިލިޔުމަކީ ޞައްޙަ ލިޔުމެއްތޯ އެ މަރުކަޒަކާ ގުޅައިގެން ބެލޭނެއެވެ.
* ޓެކްނިކަލް (ދެވޭ މާކްސް 05)
- މުވައްޒަފުންނަށް (ކައްކާ، ހެޑްވެއިޓަރ، ސުޕަވައިޒަރ) މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ޢިލްމީ ސެޓުފިކެޓު (ތަޖުރިބާގެ ލިޔުން އޮތުން (މަދުވެގެން 6 މަސްދުވަހުގެ ތަޖުރިބާ). މަސައްކަތް ކޮށްފައިވަނީ މިހާރު ބިޑް ހުށަހަޅާ ފަރާތުންނަމަ އެ ލިޔުމެއްގައި ދެ ހެކިންގެ ސޮއި އޮންނަންވާނެއެވެ. މިކަންކަން ފުރިހަމަ ނުވާނަމަ މާކުހެއް ނުލިބޭނެ.
* މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 25)
- ޢާންމު މަސްމަހުގެ މެސްމެނޫ – 20 މާކްސް (ރަމަޟާން މަހުގެ މެނޫ ފިޔަވައި އެހެން ހުރިހާ މެނޫއެއް)
- ރަމަޟާން މަހުގެ މެސްމެނޫ – 05 މާކްސް
4. ކައްކައި ކާންދިނުމުގެ ޕްރޮޖެކްޓްތައް އެވޯޑް ކުރެވޭނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައި ދެންނެވިފައިވާ އެ ކެޓަގަރީއެއްގެ ޖުމުލަ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
5. ޕްރީ-ކޮލިފައި ކުރެވޭ ޕްރޮޖެކްޓްތައް މަތީގައިވާ ކެޓަގަރީތަކުން އިސްތިސްނާވާނެއެވެ.