ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-CA/310/2017/32
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި:
05 އޮކްޓޫބަރު 2017 12:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުމަށް
މިއިދާރާގެ ނަންބަރު: (IUL)310-CA/310/2017/31 އިޢުލާނާއި ގުޅިގެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، ދުއްވުމުގެ އިމްތިހާން ދެވޭނެ އެގްޒަމައިނަރެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1- ޝަރުތު
- ނިޔަމި ކޯހުގެ ލެވެލް 1 (ކޯސްޓަލް ނެވިގޭޝަން ކްލާސް 5) ފުރިހަމަކޮށްފައިވާ އަދި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓެގަރީ A,B,C,D,G ލިބިފައިވާ ފަރާތެއް ކަމުގައިވުން.
2- ހުށަހަޅަންޖެހޭ ތަކެތި
- އެގްޒަމައިނަރަކަށް ވުމަށް އެދި ހުށަހަޅާ ސިޓީ
- އައި.ޑީ ކާޑްގެ ކޮޕީ
- ލައިސަންސް ފޮތުގެ ކޮޕީ
- ޕޮލިސް ރިޕޯޓް
3- ސުންގަޑި
05 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން
މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580020 ފޯނާ ގުޅުއްވުމުން އެދެމެވެ.
03 އޮކްޓޫބަރު 2017