ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-86/2017/15
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:04
ސުންގަޑި: 12 އޮކްޓޫބަރު 2017 10:00
ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

ތުރާކުނު ސްކޫލް

  ހއ.ތުރާކުނު، ދިވެހިރާއްޖެ

               

ތާރީޚް: 03 އޮކްޓޫބަރ 2017                           ނަންބަރު:  (IUL)GS-86/2017/15

 

ވަޒީފާގެ ފުރުޞަތު

 

 

 

އިޢުލާން

 

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަމްބަރު:

J-121984

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓަރފް ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ އޮފީސް:

ތުރާކުނު ސްކޫލް

ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން / ތުރާކުނު ސްކޫލް

މަޤާމު އޮތް އޮފީސް:

ތުރާކުނު ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތުރާކުނު ސްކޫލް، ހއ. ތުރާކުނު

މުސާރަ:

-/3100ރ

ސަރވިސް އެލަވަންސް:

-/1000ރ

އިތުރު ޢިނާޔަތްތައް:

1.  ސިވިލް ސަރވިސްގެ މުވައްޒިފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. (މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް)

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ސްކޫލު ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ހަފްތާގެ މަސައްކަތު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން.

2. އޮފީސް، ޕްރިންސިޕަލް ރޫމް، މިސްކިތް، ސްޓާފްރޫމް ކުނިކަހާ ސާފުކޮށް އަދި ގޮނޑި މޭޒު ހަޑިވެފައިވާނަމަ ރަނގަޅަށް ރީތިކޮށް ސާފުކުރުން.

3. ޢިމާރާތުގެ ވަށައިގެންވާ ޕާކުތަކާއި ގޯތިތެރޭގަ ގަސްހެއްދިފައިވާ ޕާކުތަކަށް އެޅޭ ކުނިތައް ނަގާ ސާފުކުރުން.

4. ސްކޫލު ގޯތިތެރޭގަ ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއް ހުރިހަމަ ވަގުތުން އެކަމެއް ޙައްލުކުރުން.

5. ސްޓާފްރޫމް އަދި އޮފީހުގެ ސާފުތާހިރުކަންހުރި ގޮތެއްބަލައި މުވައްޒިފުންގެ މަސައްކަތްތަށް ދަތިނުވާނެގޮތުގެ މަތިން ކޮންމެދުވަހަކު ސާފުކޮށް މޮޕްކުރުން.

6. ޙަވާލުކުރެވޭ ކުލާސްރޫމަތައް ކޮންމެދުވަހަކުވެސް ކުނިކަހާ ސާފުކޮށް މޮޕްލުން.

7. ސެޝަން ނިމުމުން މުވައްޒަފުންގެ ފާޚާނާ އަދި ދަރިވަރުންގެ ފާޚާނާތަށް ރަނގަޅަށް ރީތިކޮށް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ޑިޔުޓީގަ ދޭތެރެދޭތެރެއިން ފާޚާނާގެ އާއްމު ސާފުތާހިރުކަން ބަލާ ރަނގަޅު ކުރަންޖެހޭނަމަ ރަނގަޅުކުރުން.

8. ޙަވާލުކުރެވޭ ކުލާސްތަކުގެ ބޯޑުތަކާއި، ފަންކާތަކާއި، ދޮރުތަކާއި ދޮރުފަތްތައް، ބިއްލޫރިތައް އަދި ދާރަތައް ހަފްތާއަކު އެއްފަހަރު ފޮހެ ސާފުކުރުން.

9. ސެޝަން ނިމުމުން ހުރިހާ ކުލާސްރޫމުތަކެއް ފޮޅާ ސާފުކޮށް މޮޕުއަޅާ އެންމެހާ ފަރުނީޗަރތައް ސާފުކޮށް ތަރުތީބު ކުރުން.

10. ކުލާސްރޫމްތަކުގައި ދިމާވާ އެކިއެކި މައްސަލަތަށް އިދާރާއިން ނުވަތަ މުދައްރިސުން އެދޭ ކަންކަމުގައި އަވަސް އެހީތެރިކެމެއް ދިނުން.

11. ބޭއްވޭ ބައްދަލުވުންތަކާއި ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި ކުލާސްތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ރޭވުން.

12. ސްކޫލުގަ ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގައާއި މަސައްކަތްތަކުގަ ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

13. އޮފީސްތަކަށާއި، އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ރައްދުކުރުން.

14. ރަށުގެ ފިހާރަތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ސްކޫލަށް ގެނައުން.

15. ކިޔަވައިދޭ ރަސްމީ ދަންފަޅީގައި ދަރިވަރުންގެ ފާޚާނާއާ ކައިރި ހިސާބެއްގައި ކޮންމެވެސް އެއް މަސައްކަތު މީހަކު މަޑުކުރުން.

16. ދުވާލުގެ ކުނިކެހުމާއި އެފަދަ އާންމު މަސައްކަތްތަށް ނިމުމުން މަސައްކަތު މުވައްޒަފުން ތިބުމަށް ކަނޑައެޅޭ ސްޓޭޝަނުގައި މަޑުކުރުން.

17. އެކިއެކި ފަރާތްތަކަށް ދެންނެވުމަށް އޮފީހުން ދެއްވަވާ ދެންނެވުންތައް އެފަރާތްތަކަށް ދެންނެވުން.

 

މަޤާމުގެ ޝަރުޠުތައް:

1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 

ވާޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

 

  1. 1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)
  2. 2. ތަޢުލީމާއި ތަމްރީން: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި، ކުރު މުއްދަތުގެ ތަމްރީނުތައް.
  3. 3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.
  4. 4. ލިބިފައިވާ ހުނަރު: އިންޓަވިއު / ޕްރެކްޓިކަލްސް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

  1.  
  2.  

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތުރާކުނު ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެނޭއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޫބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ތުރާކުނު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ  [email protected]

 ފެކްސް ނަމްބަރަކީ 6500547  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

  1.  

އިންޓަރވިއު ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން އޮންނާނީ 2017 އޮކްޓޫބަރ  13 އިން އޮކްޓޫބަރ 19 އާއި ދެމެދު، ތުރާކުނު ސްކޫލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %25 (ފަންސަވީސް އިންސައްތަ) ލިބެންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500547 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6500547 އެވެ. އީ-މެއިލް ކުރާނީ

[email protected]

03 އޮކްޓޫބަރު 2017