މަސައްކަތް
ނަންބަރު: IAS/MIS/2017/1760
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 26 އޮކްޓޫބަރު 2017 12:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި 3 ބުރީގެ ޕްރީފެބް އިމާރާތެއް ހަދާދޭނެ ފަރާތެއް ހޯދަން

މި ކުންފުނީގެ ބޭނުންތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި 3 ބުރީގެ ޕްރީފެބް އިމާރާތެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  16 އޮކްޓޯބަރ 2017ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވޭ ސެޝަން 26 އޮކްޓޯބަރ 2017  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

02 އޮކްޓޫބަރު 2017