ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަޔަރވޯލް (ޗެކްޕޮއިންޓް) ލައިސަސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު (IUL)459-PL/1/2017/186 (25 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން ބޭއްވި މަޢުލޫމާތު ސެޝަނަށް 2 ފަރާތުން އައުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ލައިސަންސް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޯބަރ 09 ވާ ހޯމަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
12 މުޙައްރަމް 1438
02 އޮކްޓޫބަރު 2017