ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2017/49
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:22
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން. ނަރުހުން އަދި އެލައިޑް ހެލްތް ޕްރޮފެޝަނަލްސް މަގާމްތައް

މަޤާމް :މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން. ނަރުހުން، އަދި އެލައިޑް ހެލްތް ޕްރޮފެޝަނަލްސް މަގާމްތައް
ބޭނުންވާ އަދަދު :0

ވަޒީފާގެ ފުރުޞަތު               

                   

         ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް މީހުން ލިބުންދަތި ވަޒީފާތަކަށް އެދި ހުށަހަޅާ ދިވެހިންނަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލް ސިވިލް ސަރވިސް ކޮމިޝަނުން އާއްމުކުރުމާއި ގުޅިގެން ތިރީގައި މިދަންނަވާ މަގާމުތަކަށް ދިވެހިން ނެގުމަށް ދާއިމީގޮތެގައި އިއުލާންކުރުމަށް މި ހޮސްޕިޓަލުންވަނީ ނިންމަވާފައެވެ.

  • މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން
  • ނަރުހުން
  • އެލައިޑް ހެލްތް ޕްރޮފެޝަނަލްސް މަގާމްތައް

         ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ.

  1. ޕްރެކްޓިސިންގ ލައިސަންސްއާއި ރެޖިސްޓްރޭޝަންގެ ކޮޕީ (މުއްދަތު ހަމަނުވާ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީން (ޝޯޓް ޓާރމް ޓްރޭނިންގ) ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

6. ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީ.

7. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

         މަތީގައި ބަޔާންކުރައްވާފައިވާ މަގާމުތަަކަށް ކުރިމަތިލައްވާ ފަރާތްތަކަށް ވަޒ×ީފާ ހަމަޖައްސައިދެވޭނީ މިހޮސްޕިޓަލުގައި ހުސްމަގާމެއް އޮތުމާއެކު  ބަޖެޓް ހަމަޖެހިފައިވާ ނަމައެވެ. އަދި ހުސްމަގާމްތަކުގެ މައުލޫމާތު މި ހޮސްޕިޓަލުގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މި މަގާމްތަކާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނަންބަރު ފޯނަށެވެ.

           11 މުޙައްރަމް 1439

            1 އޮކްޓޯބަރ 2017

02 އޮކްޓޫބަރު 2017