ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2017/221
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 08 އޮކްޓޫބަރު 2017 12:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ ސެކްޝަން ސެކްޝަން ގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

މި މިނިސްޓްރީގެ ނަންބަރު: (IUL)138-AS6/1/2017/127 (12 ޖޫން 2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގައި މަޢުލޫމާތު ފުރިހަމަ ނުވުމުންނާއި، އަގު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުން ހުށަހަޅުއްވާފައިވަނީ މަސައްކަތާއި އެކަށީގެންވާ އަގެއް ކަމަށް ނުވުމުން،  އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޫބަރ 04 ވާ ބުދަ ދުވަހުގެ 12:30 އަށް އައްޑޫ ސިޓީގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / ފޭދޫ ބްރާންޗް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޫބަރ 08 ވާ އާދީއްތަ ދުވަހުގެ 12:30 އަށް އައްޑޫ ސިޓީގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / ފޭދޫ ބްރާންޗް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.       

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 އޮކްޓޫބަރ 04 ވާ ބުދަ ދުވަހުގެ 13:00 އިން ފެށިގެން 2017 އޮކްޓޫބަރ 08 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް/ ފޭދޫ ބްރާންޗްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 689-3051 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

01 އޮކްޓޫބަރު 2017