ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2017/37
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:16
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 3ން ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017 ވަނީ 19 އޮކްޓޯބަރ އިން 30 އޮކްޓޯބަރ އަށް ބޭއްވުމަށް ހަމަޖެހިފައެވެ. މުބާރާތުގެ ޤަވާއިދު ޕަބްލިޝްކުރިއިރު އެންޑޯޒް ކޮށްފައިވާ ޤަވާއިދާއި ތަފާތުކޮށް  12 ވަނަ މާއްދާގައި ކުށެއްވާތީ އިސްލާޙްކުރުމަށްފަހު ޕަބްލިޝް ކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި މުބާރާތުގެ ޤަވާއިދު އަދި މުބާރާތާއި ބެހޭ އެހެނިހެން މަޢުލޫމާތު މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އަދި ފޭސްބުކް ޕޭޖް Badminton Association of Maldives އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.

 

 

29 ސެޕްޓެމްބަރ 2017

29 ސެޕްޓެންބަރު 2017