ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-AS/303/2017/39
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 10 އޮކްޓޫބަރު 2017 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ކުޑަކުދިންގެ ޕާރކް ކުއްޔެއް ނުނަގާގޮތައް 5 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     `

ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

         
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

      އުނގޫފާރު، ދިވެހިރާއްޖެ                     

ނަންބަރު:   (IUL)303-AS/303/2017/39

އިޢުލާން

މިރަށު ކުޑަކުދިންގެ ޕާރކް ކުއްޔެއް ނުނަގާގޮތައް 5 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                މިކައުންސިލްގެ ނަމްބަރ: (IUL)303-AS/303/2017/37 ( 18 ސެޕްޓެމްބަރ 2017 ) ގެ އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އިއުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

                މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާރކް ކުއްޔަކާއި ނުލާ 5 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 04 އޮކްޓޫބަރ 2017 ވާ ބުދަ ދުވަހުގެ 1:30 އަށް މިއިދާރާއަށެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ޕްރަޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 10 އޮކްޓޫބަރ 2017 ވާ އަންގާރަ ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

                ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް އެދި ހުށައަޅާ ޕްރަޕޯސަލް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން ބަލަހައްޓަމުންދާ ކުޑަކުދިންގެ ޕާރކް ބަލަހައްޓައި  ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރަޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

ކުޑަކުދިންގެ ޕާރކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ރަށު ކައުންސިލްގެ ނަމްބަރ 6580118 ނަމްބަރ ފޯނާއި ނުވަތަ ކައުންސިލްގެ މެމްބަރ ޙުސައިން އާސިފް   ( މޯބައިލް ނަމްބަރ 9978600)  އާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ހުށަހަޅާ ހުށަހެޅުމަށް %80

މާލީ ތަނަވަސްކަމަށް % 20

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             11  މުހައްރަމް  1439    

             01  އޮކްޓޫބަރ  2017  

 

 

                                          އަބްދުންނާޞިރު ޢަލީ

                                          ކައުންސިލްގެ ރައީސް     

01 އޮކްޓޫބަރު 2017