މަސައްކަތް
ނަންބަރު: 198-F/2017/74
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 04 އޮކްޓޫބަރު 2017 11:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިޑިޕާޓްމަންޓުގެ ތިރީގައި ދެންނެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޯބަރ 04 ވާ ބުދަ ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ކޮންމެ ތަނަކަށް ވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

- ޑްރަގް ކޯޓް

- ފެމިލީ ކޯޓް / ވަރި ކައިވެނި ސެކްޝަން

- ސިވިލް ކޯޓް / ހުޅުމާލެ ޑިވިޝަން

- ޖުޑީޝަލް އެކެޑެމީ / ވިލިމާލެ

 

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މުޙައްރަމް 1439

01 އޮކްޓޫބަރު 2017