މަސައްކަތް
ނަންބަރު: (IUL)30-G/30/2017/127
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 12 އޮކްޓޫބަރު 2017 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހއ.ހޯރަފުށި، ސ.މީދޫ، ފ.މަގޫދޫ، ފުވައްމުލަކު ސިޓީ، ޅ.ނައިފަރު، ގއ.ގެމަނަފުށި އަދި ލ.ފޮނަދޫ ގައި ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ވީޑިއޯއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިންގެން ކުރިއަށްގެންދާ " ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް " ގެ ދަށުން ހއ.ހޯރަފުށި، ސ.މީދޫ، ފ.މަގޫދޫ، ފުވައްމުލަކު ސިޓީ، ޅ.ނައިފަރު، ގއ.ގެމަނަފުށި އަދި ލ.ފޮނަދޫ ގައި ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ވީޑިއޯއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމަވެ.

 

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އޮކްޓޯބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު 2017 އޮކްޓޯބަރު 12 ވާ ބުރާސްފަތި ދުވަހުގެ  13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މިމަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްކަރުދާސްކުރަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

01 އޮކްޓޫބަރު 2017