ދިވެހިރާއްޖެ
މިކުންފުނީގެ 1620 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ 01 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. 2016 ވަނަ އަހަރުގެ ފައިދާ އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ޙިއްޞާ އަކަށް -/24 ރުފިޔާ އެވެ. އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންނަގަވާ ތިއްބެވި ޙިއްޞާދާރުން ފައިދާ ނުނަންގަވާ ހުރި އަހަރުތަކުގެ ފައިދާ ނެންގެވުމަށް އިލްތިމާސްކުރަމެވެ.
ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރަކު ވަޑައިގަންނަވާއިރު ޙިއްޞާގެ ސެޓްފިކެޓް އާއި އައިޑެންޓިޓީ ކާޑު ގެންނަން ވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެފަރާތަކާއި ފައިދާ ނެންގެވުމަށް ޙަވާލު ކުރެއްވި ކަމުގެ ސިޓީ އަކާއެކު ވެރިފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ފޮޓޯކޮޕީ އަދި ޙިއްޞާގެ ސެޓްފިކެޓް ފޮނުއްވަންވާނެ އެވެ. މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑު ވެސް ގެންނަވަަންވާނެއެވެ. ޙިއްޞާދާރަކީ ކުޑަ ކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާއެވެ.
އަދި ދަންނަވަމެވެ. ބޭންކް އެކައުންޓަށް ޙިއްޞާ ފައިދާ ޖަމަޢަކުރުމަށްްް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ޙިއްޞާގެ ފައިސާ،ފައިދާ ދޫކުރަން ފަށާތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ވާހަކަ ދަންނަވަމެވެ. ޙިއްޞާގެ ފައިދާ ބޭންކަށް ޖަމާކުރެއްވުމަށްް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން މިކުންފުނިން ދޫކުރާ "ބޭންކަށްް ޙިއްޞާގެ ފައިދާ ޖަމާކުރުމަށްްއެދޭ ފޯމް" ފުރުއްވުމަށްްފަހު އައި.ޑީ.ކާޑު. ގެ ކޮޕީ، އަދި ޙިއްޞާގެ ސެޓްފިކެޓްގެ ކޮޕީ އަދި ބޭންކް އެކައުންޓް އެގޭނެ ލިޔުމެއް މިކުންފުންޏަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާވެސް ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
ޙިއްޞާގެ ފައިދާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8.30 ން 3.00 އަށް އެމްޓީސީސީ ހެޑް އޮފީސް، 7 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރުންނެވެ.