ވަޒީފާގެ ފުރުޞަތު
ނަންބަރު: 113-HR/I-2017/71
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 20:28
ސުންގަޑި: 02 އޮކްޓޫބަރު 2017 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :3

ނޯޓް:

މި ކުންފުނީގެ ފަރާތުން ލ.އަތޮޅުގައި ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މުސާރަ:

-/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5380 ރުފިޔާ)

ޝަރުތު:

1. ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ސާނަވީ އިމްތިޙާނުގައި "ދިވެހި"މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ

2. މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފައިސާ ބަލައިގަތުމާއި ކުންފުންޏަށް ލިބޭ ފައިސާގެ ހިސާބުތަށް، ޤަވާޢިދުތަކާއި އެއްގޮތަށް ބެލެހެއްޓުން.

2. ދަތުރުފަތުރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ފައިސާ /  އިދާރީ ކަންކަމާއި ގުޅުންހުރި ރިޕޯޓްތަށް ތައްޔާރުކުރުން.

3. ދުވަހުން ދުވަހަށް ލިބޭ ފައިސާތަށް ޖަމާކުރުން.

4. ޔުނިޓްގެ އެންމެހައި އިދާރީ، ޕްރޮކިޔުމަންޓް އަދި ހިޔުމަން ރިސޯސަސްގެ މަސައްކަތްތަށް ކުންފުނީގެ އުޞޫލާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން:

 ލ.އަތޮޅު

މަޤާމް :ބަސް ޑްރައިވަރ
ބޭނުންވާ އަދަދު :4

މުސާރަ:

-/3984 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4980 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2000ރ – 3000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

1. ބަސް ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސް ކެޓެގަރީ B0)

2. ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

3. މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކަށްވުން 

4. އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- އެއްގަމު އުޅަނދުފަހަރު ދުއްވުމާއިބެހޭ ޤަވާޢިދުގައިވާ ގޮތަށް ބަސް ދުއްވުން

 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން:

ލ.އަތޮޅު 

މަޤާމް :ބަސް އެޓެންޑެންޓް
ބޭނުންވާ އަދަދު :3

މުސާރަ:

-/3176 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/3970 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2000ރ – 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

1. ގްރޭޑް 08ގެ ފެންވަރު ނުވަތަ މިފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިވުން 

2. ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

3. މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކަށް ވުން

4. އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން :

ލ. އަތޮޅު

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :2

މުސާރަ:

-/3272 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4090 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2500ރ – 3500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

1. ގްރޭޑް 08ގެ ފެންވަރު ހުރުން ނުވަތަ މިފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.

2. ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

3. އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކުންފުނީގެ މުދަލާއި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

2. ގަޑިއަކު އެއްފަހަރު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދު ޕެޓްރޯލްކޮށް ޤަވައިދާ ޚިލާފަށް އެއްވެސް ކަމެއްހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވައި އެކަން ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން :

ލ. އަތޮޅު

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

-/3664 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4580 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2000ރ – 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައިވުން. ނުވަތަ

2. މިދާއިރާގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ދަތުރުފަތުރު ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލޯންޗް އަދި ފެރީތަކުގައި ކުރަންޖެހޭ ބްރޭކް ޑައުން މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން.

2. ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކާއި، ލޯންޗް އަދި ފެރީތަކުގެ ޕީރިއޮޑިކަލް މެއިންޓަނަންސް ކުރުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން :

 ލ. އަތޮޅު

ސުންގަޑި:

 2 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

 07 މުޙައްރަމް 1439

27 ސެޕްޓެންބަރު 2017